ads
މިނިވަން އުފާ ކާނިވަލް: މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކާނިވަލް މާދަމާ ފެށުމަށް އަންނަނީ ތައްޔާރުވަމުން - ފޮޓޯ:އާބަންކޯ
މިނިވަން އުފާ ކާނިވަލް: މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކާނިވަލް ފަށަނީ
'މިނިވަން އުފާ ކާނިވަލް 2023' ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކުލަ ގަދަ ކާނިވަލް މާދަމާ ފަށާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީ އާއި އެ ކޯޕަރޭޝަނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާނިވަލަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ކާނިވަލް އޮންނާނީ މާދާމައިން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހަށް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި ކާނިވަލުގައި އާންމުނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ އެ ކަންކަމުގެ އިތުރުން ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަ ޓެގްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

your imageމިނިވަން އުފާ ކާނިވަލް ފެށުމަށް އަންނަނީ ތައްޔާރުވަމުން - ފޮޓޯ:އާބަންކޯ

މިނިވަން އުފާ ކާނިވަލުގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރިކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯނެއް ޕާކުގައި ހުންނާނެ ކަމުގައެވެ. 

އާބަންކޯއިން ބުނެފައިވަނީ ވަނުން މުޅިން ހިލޭ މި ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކިއުއާރު ކޯޑެއް މެދުވެރިކޮށް ރެޖިސްޓަ ކުރުމުން އެ ގުރުއަތުގައި ބަައިވެރިވެވޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް އިންޑޮނޭޝިއާގެ ބާލީއަށް ހަތް ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާ އެކު ދިއުމުގެ ފުރުސަތު އުރީދޫގެ ހެޔޮއެދުންތަކާ އެކު ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

your imageމިނިވަން އުފާ ކާނިވަލް ފެށުމަށް އަންނަނީ ތައްޔާރުވަމުން - ފޮޓޯ:އާބަންކޯ

އާބަންކޯއިން ބުނި ގޮތުގައި ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމާ ގުޅިގެން މި އަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށްދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ޒިޔާރަތް ކުރަން ޖެހޭ ތަނަކަށް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް