ads
މައުމޫން ފައުންޑޭޝަންގެ އިވެންޓެއްގެ ތެރެއިން
އުވާލަން އިއުލާން ކުރި ލިސްޓުގައި މައުމޫން ފައުންޑޭޝަން
ގާނޫނާ އެއްގޮތަކަށް ހިންގަމުން ނުދާތީ އުވާލަން، އިއުލާންކޮށްފައިވާ ޖަމިއްޔާތަކުގެ ލިސްޓުގައި ރައީސް މައުމޫންގެ މައުމޫން ފައުންޑޭޝަންވެސް ހިމެނިއްޖެއެވެ.
Advertisement

މައުމޫން ފައުންޑޭޝަނަކީ މީގެ 13 އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިޖުތިމާއީ މަސައްކަތްތައް ކުރައްވަން އުފެއްދި ފައުންޑޭޝަނަކެވެ. 2010 ގައި އުފެއްދި އެ ޖަމިއްޔާގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމެވެ. މައުމޫން ފައުންޑޭޝަން އުފެއްދީއްސުރެ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް ވަނީ މިހާތަނަށް ފަހިކޮށްދީފަ އެވެ. އެ ފައުންޑޭޝަނުން ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާއި ދިނީ ދަރުސްތައް ވެސް ދެ އެވެ. ނަމަވެސް ކޮވިޑަށް ފަހު އެ ޖަމިއްޔާގެ ކަންކަން ވަނީ މަޑުޖެހިފައެވެ.

ޔޫތު މިނިސްޓްރީން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން އުވާލަން އިއުލާން ކުރި ލިސްޓުގައި ހިމެނޭ ޖަމިއްޔާތަކަކީ ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި / ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްއިއްޔާތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްއިއްޔާތަކަކީ އެޖަމްއިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ގައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން މި މިނިސްޓްރީން ޝުކުރުވެރި ކަމާއެކު ފާހަގަކުރަމެވެ. މި އިއުލާނާއި އެއްކަރުދާސް ކުރެވި އާންމުކޮށް އިއުލާނު ކުރެވިފައިވާ 1989 ޖަމްއިއްޔާއަކީ، 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި / ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްއިއްޔާތަކެވެ.

މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފުރުސަތު ދޭން ނިންމީ ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުން ނިސްބަތްވާ ރަށާއި އަތޮޅަށް އަދި މުޅި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރާތީ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް