ads
އައިޖީއެމްއެޗް
ބޭރަށް ހިންގައި ހޮޑުލުން އިތުރުވެ ހޮސްޕިޓަލްތައް ފުރިއްޖެ
މާލޭގައި ހޮޑުލާ ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ކުޑަކުދިނަށް ހޮސްޕިޓަލްތަކުން މިއަދު ފަރުވާ ހޯދަން ޖެހިއްޖެއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރެއް ކަމުގައިވާ އަހުމަދު ފައިސަލް ވިދާޅުވެފައިވަނީ މުޅި މާލެ އޮތީ ހޮޑު ލުމުގައި ކަމަށާއި، ހޮޑުލާ ކުދިން ގިނަވެ އައިޖީއެމްއެޗްގެ އީއާރު އޮތީ ފުރިފައި ކަމުގައެވެ.

އަދި އޭނާވަނީ، މިހާލަތުގައި ސިއްހީގޮތުން އަމަލު ކުރަންޖެހޭނޭ ގޮތުގެ އިރުޝާދު ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗް، އޭޑިކޭ އަދި ސެނަހިޔާގެ އީއާރުންވެސް ގިނަބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ.

ކުއްލިގޮތަކަށް މާލޭގައި ހޮޑު ލުމާއި ބޭރަށް ހިންގުން އާންމު ވެގެންދިޔަ ސަބަބެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް، ބައިބޯވެ ތޮށްޖެހިފައިވާ މާލެއަކީ އަބަދުވެސް ދޭތެރެދޭތެރެއިން އެކިއެކި ބަލިމަޑުކަން އާންމު ވާ ތަނެއްކަން ފާހަގަ ކޮށްލެވެއެވެ.

މިހާރު މާލެއަށް އާންމުވަމުންދާ ބަލިމަޑުކަމާއި ގުޅޭގޮތުން އެޗްޕީއޭއިން އަދި ހެލްތު މިނިސްޓްރީންވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް