ads
ފުޅަނދު ބުރުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
މިނިވަންދުވަހުގެ ހަރަކާތްތައް މެދުނުކެނޑި ކުރިއަށްދާނެ: މިނިސްޓްރީ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތައް މެދުނުކެނޑި މާލޭގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

"މިނިވަން އުފާ ކާނިވާ" މިރޭ 8:30 ގައި ހުޅުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި ކާނިވާ ހުޅުއްވައި ދެއްވާނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ. މީގެ އިތުރުން މާދަމާ ހަވީރާއި ރޭނގަޑު ވެސް ފުޅަނދުތައް ދައްކާލުން އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިވަން ދުވަހުގެ ކުޅިވަރުތައް މިއަދާއި މާދަމާ ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމާފައިވާއިރު، މާލޭގައި ބަލި ފެތުރެން މެދުވެރިވި ގޮތް ބެލުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންނަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި މިވަގުތު ވަރުގަދަ ރޯގާއެއް ފެތުރެމުންދާތީ ޑޮކްޓަރުން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފެއެވެ. އަދި ގިނަ ހޮސްޕިޓަލްތަކުގެ އީއާރު ވަނީ ފުލްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް