ads
ދިރާގު ހެޑް އޮފީސް---
މިނިވަން ދުވަހުގެ މުނާސަބަތުގައި ދިރާގުން ޑްރޯން ޝޯއެއް ބާއްވަނީ
ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ޑްރޯން ޝޯއެއް ބާއްވަން ނިންމައިފިއެވެ.

ދިރާގުން ބުނީ އެ ކުންފުންޏާއި ހޯމް މިނިސްޓްރީން ގުޅިގެން ބާއްވާ ޑްރޯން ޝޯ އޮންނާނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު އެ ޝޯ ބަލާލުމަށް ސެންޓްރަލް ޕާކު ސަރަހައްދަށް ދިއުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ 'މިނިވަން އުފާ ކާނިވަލް 2023' ގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ޑްރޯން ޝޯ ކުރިއަށް ދާނީ މިރޭ 09:15 އިން 09:30 އަށް ކަމަށެވެ. މިއީ މިހާތަނަށް މިފަދަ ގޮތަކަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ޝޯއެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. 

ދިރާގުން ބުނީ ޕްރޮމޯޝަނުގެ މުއްދަތުގައި އެ ކުންފުނީގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް "މިނިވާ އުފާ އެޑް-އޮން" އެންމެ 99 ރުފިޔާއަށް އެކްޓިވޭޓްކޮށްލައިގެން އަންލިމިޓެޑް މޮބައިލް ޑޭޓާ 24 ގަޑިއިރަށް ލިބޭނެ ކަމަށެވެ. 

މީގެ އިތުރުން ގޭގައި ތިބެގެން ސްޓްރީމްކޮށް މުނިފޫހިފިލުވުމުގައި މި ޗުއްޓީ ހޭދަކުރާ ކަސްޓަމަރުންނަށް ފައިބަ ބްރޯޑްބޭންޑް ބޫސްޓާތައް އެކްޓިވޭޓްކޮށްލައިގެން ދެގުނަ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

  • ފައިބަ ބްރޯޑްބޭންޑް ބޫސްޓާ 200 ޖީބީ - 200 ރުފިޔާ
  • ފައިބަ ބްރޯޑްބޭންޑް ބޫސްޓާ 300 ޖީބީ - 300 ރުފިޔާ

ދިރާގުން ބުނެފައިވަނީ މި ލިމިޓެޑް އޮފާތައް ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. 

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ފަސޭހަކަމާ އެކު މި އެޑް-އޮން އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނީ 343 އަށް 'UNL' ޖެހުމަށްފަހު އެސްއެމްއެސްކޮށްގެންވެސް މި އެޑް-އޮން ނެގޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް