ads
ހަވާ
މިރޭ ހަވާ އަރުވާ ގަޑި އަވަސްކޮށްފި
މިރޭ ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާ ގަޑި އަަވަސްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިރޭ ހަވާއަރުވާނީ 21:30 ގައި ކަމަށް ސިފައިން ބުނެއެވެ. 

ރޭވެސް ވަނީ ހުޅުމާލޭގައި ހަވާ އަރުވާފައެވެ. މިރޭ ހަވާ އަރުވާނީ އަށް މިނެޓަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތައް މެދުނުކެނޑި މާލޭގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ބުނީ މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައިކަމަށެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ "މިނިވަން އުފާ ކާނިވާ" މިރޭ 8:30 ގައި ހުޅުވުމަށް ވެސް ހަމަޖެހިފައިވާ ކަމަށާއި ކާނިވާ ހުޅުއްވައި ދެއްވާނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.

 މީގެ އިތުރުން މާދަމާ ހަވީރާއި ރޭނގަޑު ވެސް ފުޅަނދުތައް ދައްކާލުން އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

27%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް