ads
މިނިވަން އުފާ ކާނިވަލް: މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކާނިވަލް މިރޭ ހުޅުވުމަށް އަންނަނީ ތައްޔާރުވަމުން - ފޮޓޯ:އާބަންކޯ
މިނިވަން އުފާ ކާނިވަލް މިރޭ ހުޅުވުމަށް ވަނީ ހަމަޖެހިފައި: އާބަންކޯ
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކާނިވަލް، 'މިނިވަން އުފާ ކާނިވަލް 2023' މިރޭ ފަށާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީ އާއި އެ ކޯޕަރޭޝަނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާނިވަލް މިރޭ 08:00 ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކާނިވަލުގެ ތައްޔާރީތަކަށް ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދު މިއަދު ހަވީރު 4:00 އިން ފެށިގެން ބަންދުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ‏ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30 އިން ފެށިގެން 6:00 އަށް ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ ކަމުގައެވެ. ކާނިވަލް އޮންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި ކާނިވަލުގައި އާންމުނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ އެ ކަންކަމުގެ އިތުރުން ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަ ޓެގްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިވަން އުފާ ކާނިވަލުގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރިކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯނެއް ޕާކުގައި ހުންނާނެ ކަމުގައެވެ. 

އާބަންކޯއިން ބުނެފައިވަނީ ވަނުން މުޅިން ހިލޭ މި ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކިއުއާރު ކޯޑެއް މެދުވެރިކޮށް ރެޖިސްޓަ ކުރުމުން އެ ގުރުއަތުގައި ބަައިވެރިވެވޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް އުރީދޫގެ ހެޔޮއެދުންތަކާ އެކު އިންޑޮނޭޝިއާގެ ބާލީއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ރާއްޖެ މިނިވަން ވިތާ 58 އަހަރު ފުރުމާ ގުޅިގެން މި އަހަރު ގިނަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށްދާއިރު، މިނިވަން އުފާ ކާނިވަލް 2023 ވެގެން ދާނީ މުޅިން ތަފާތު، މަޖާ އަދި ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލަން ކޮންމެހެން ޒިޔާރަތް ކުރަން ޖެހޭ ތަނަކަށް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް