ads
މިނިވަން އުފާ ކާނިވަލް: ބަލީގެ އަލާމާތެއް ހުރިނަމަ ޒިޔާރަތް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:އާބަންކޯ
މިނިވަން އުފާ ކާނިވަލް: ބަލީގެ އަލާމާތެއް ހުރި ނަމަ ނުދިޔުމަށް އެދެފި
ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ކާނިވަލް، 'މިނިވަން އުފާ ކާނިވަލް 2023' މިރޭ ފަށާއިރު، ބަލީގެ އެއްވެސް އަލާމާތެެއް ހުރި ނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އާބަންކޯއިން އިލްތިމާސްކޮށްފިއެވެ.

އާބަންކޯއިން ވަނީ ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުން
  • ކާނިވަލުގައި އުޅޭއިރު ވީހާވެސް ގައިދުރުކަން ބެހެއްޓުން
  • ގިނަގިނައިން އަތް ދޮވުން 

އާބަންކޯއިން ބުނި ގޮތުގައި މިރޭ ކާނިވާ ހުޅުވިގެންދާއިރު، ހަ ދުވަހުގެ މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމުގައެވެ.

އާބަންކޯއިން ބުނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީ އާއި އެ ކޯޕަރޭޝަނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާނިވަލް މިރޭ 08:00 ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކާނިވަލުގެ ތައްޔާރީތަކަށް ހުޅުމާލެ ސެންޓަރަލް ޕާކު ސަރަހައްދު މިއަދު ހަވީރު 4:00 އިން ފެށިގެން ބަންދުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ‏ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30 އިން ފެށިގެން 6:00 އަށް ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ ކަމުގައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މިނިވަން ދުވަހާ ގުޅިގެން މިރޭ 9:30 ހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވާ އެރުވުން އޮންނާނެ ކަމަށެވެ. އެ ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް އަށް މިނެޓެއްހާއިރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި ކާނިވަލުގައި އާންމުނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ އެ ކަންކަމުގެ އިތުރުން ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަ ޓެގްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މިނިވަން އުފާ ކާނިވަލުގެ ހަރަކާތްތައް އިންތިޒާމް ކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެން ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރިކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯނެއް ޕާކުގައި ހުންނާނެ ކަމުގައެވެ. 

އާބަންކޯއިން ބުނެފައިވަނީ ވަނުން މުޅިން ހިލޭ މި ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކިއުއާރު ކޯޑެއް މެދުވެރިކޮށް ރެޖިސްޓަ ކުރުމުން އެ ގުރުއަތުގައި ބަައިވެރިވެވޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތަކަށް އުރީދޫގެ ހެޔޮއެދުންތަކާ އެކު އިންޑޮނޭޝިއާގެ ބާލީއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް