މި ވީޑިއޯތަކުން ފެންނަނީ ލިލީގެ ޔުނީފޯމުގައި ތިބި ބަޔަކު ގުދަނެއްގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ބައެއް ކާބޯތަކެތީގައި މުއްދަތު ހަމަނުވާކަމަށް ދެއްކުމަށް ލޭބަލް ހަރުކުރާ މަންޒަރެވެ.
މި ވިޑިއޯތައް އާންމުވުމާއި ގުޅިގެން ބައެއް މީޑިއާތަކަށް ލިލީގެ އޮފިޝަލުން ވިދާޅުވެފައިވަނީ އެއީ "ބްލެކްމެއިލް ކުރަން ހަދާފައިވާ ވީޑިއޯތަކެއް،" ކަމަށެވެ.
އެ ވީޑިއޯތައް ހަދާފައިވަނީ ކޮވިޑް ދުވަސްވަރު މުސާރާއި މެދު ހިތްހަމަ ނުޖެހިތިބި މުވައްޒަފުންތަކެއް ކަމަށް ލިލީން ވަނީ ބުނެފައެވެ.
އެމީހުން ހިތްހަމަ ނުޖެހުނީ މުސާރައިގެ 50 ޕަސަންޓު ދޭން ނިންމުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ވީޑިއޯތަކާމެދު ފިޔަވަޅު ނޭޅީ އެ ކުންފުނިން އެފަދަ ކަމެއް ނުކުރާނެކަން ކަސްޓަމަރުންނަށް ޔަގީންވާނެތީކަމަށް ވެސް ބުނެފައިވެއެވެ.