ގާސިމް މިފަދައިން ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނާނެ ލޮޅުމަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ގާސިމް ވިދާޅުވީ މިއީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ. އަދި ރާއްޖެއާއި ދުނިޔެއަށް އެއަށްވުރެއް ބޮޑެތި ގޮންޖެހުންތައް މިވަގުތު ކުރިމަތި ވެފައިވާކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ނުދެވޭނެ އެއްޗަކަށް ވަގުތު ހޭދަކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި މިއީ މިނިމަމް ވޭޖެއް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި މިނިމަމް ވޭޖަކީ އޭގެ ޒާތުގައި އަމިއްލައަށް ހަމަޖެހިގެންދާ އަދަދެއްކަމަށާއި އެތަނެއްގެ އިގްތިސާދާއި ކުންފުނިތައް ކުރިއަރަމުން އަންނަ ގޮތެއްގެ މަތިން އެ އަދަދެ އަމިއްލައަށް ކަނޑައެޅިގެން އަންނަކަމަށެވެ.