ads
'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިން ވަނީ ހޮވާފައި - ފޮޓޯ:ކޮކާ-ކޯލާ
'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިން އިއުލާނުކޮށްފި
'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނުގެ ފުރަތަމަ ބުރުގެ ނަސީބުވެރިން މިދިޔަ އާދިއްތަ ދުވަހު ލައިވްކޮށް ކުރިއަށް ގެންދިޔަ ގުރުއަތަކުން ހޮވައިފިއެވެ.
Advertisement

ކޮކާ-ކޯލާއިން ބުނީ އެތައް ހާސް ބެލުންތެރިންނެއް ލައިވްކޮށް ބެލި އެ ހިތްގައިމު ގުރުއަތު ނެގުމުގެ ހަރަކާތުގައި، ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕް އާ ގުޅިގެން ޗާޖްޑްއިން ފުރަތަމަ ބުރުގެ ނަސީބުވެރިން ހާމަކޮށްފައިވާ ކަމަށެވެ.

ގުރުއަތު ނެގުމުގެ ފުރަތަމަ ހަރަކާތުގެ އެންމެ ހާއްސަ ކަމަކަށް ފެނިގެން ދިޔައީ މުޅިން އާ ބެނެލީ 180އެސް މަރުކާގެ ސައިކަލެއް ހިމެނޭ ބޮޑު އިނާމު ލިބޭ ނަސީބުވެރި ފަރާތް އިއުލާނުކުރުމެވެ. ޗާޖްޑް، ބެނެލީ މޯލްޑިވްސް އަދި ލޮޓަސް ބައިކް ޝޮޕްގެ ހެޔޮއެދުންތަކާ އެކު، ޒަމާނީ ސައިކަލުގައި ދުއްވާލާފައި ދާނެ ފަރާތަކަށް ހޮވުނީ މުހައްމަދު އާދަމެވެ.

ބޮޑު އިނާމު ލިބުނު ފަރާތުގެ އިތުރުން އިތުރު ދެ ނަސީބުވެރިއަކަށް ޗާޖްޑް ބްރޭންޑްގެ ހެލްމެޓް އަދި އިތުރު ތިން ނަސީބުވެރި ފަރާތަށް ޗާޖްޑް ކޭސް ހަދިޔާކޮށްފައިވާ ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ އެ ފަރާތްތަކަށް ހިތްވަރުދީ، ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ތައްޔާރަށް ތިބުމުގެ ބައިވެރިއަކަށް ޗާޖްޑް ވެގެން ދިޔަ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު، އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ތަރިން ބައިވެރިވި ލޯންޗް ހަރަކާތަކާ އެކު ފެށި 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަން މިހާރު ބާރަށް ކުރިއަށްދާއިރު، ނަސީބު ވަޒަންކޮށްލަން މިއަށް ވުރެ ރަނގަޅު ވަގުތެއް ނާންނަ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނި ގޮތުގައި ބެނެލީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ފަދަ ހިތްގައިމު އިނާމުތައް ލިބުމުގެ އުފާވެރިކަން އިހުސާސްކޮށްލުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމުގައެވެ.

މި ފެށޭ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހާއި 19 ވަނަ ދުވަހު އަދި ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހާއި 16 ވަނަ ދުވަހު އިތުރު ގުރުތައްލުމަށް ނިންމާފައިވާއިރު، ނަސީބުވެރިއަކަށްވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

your image 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިން ވަނީ ހޮވާފައި - ފޮޓޯ:ކޮކާ-ކޯލާ

ކޮކާ-ކޯލާއިން ބުނީ ބެނެލީ ސައިކަލާއި އަދިވެސް އިތުރު އިނާމުތައް ލިބޭ ނަސީބުވެރިން އިއުލާނުކުރާނީ ކޮންމެ ދެ ހަފުތާއަކުން އޮގަސްޓް މަހުގެ ފަސްވަނަ ދުވަހާއި 19 ވަނަ ދުވަހު އަދި ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހާއި 16 ވަނަ ދުވަހުގެ ރޭ 9:30 ގައި ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އިން ކަމަށެވެ. ޗާޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626 އަށް ފޮނުވުމުން 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް‏‪ ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނެފައިވަނީ މި ޕްރޮމޯޝަނުގެ ދަށުން، ބެނެލީ ސައިކަލާއި ޗާޖްޑް ބްރޭންޑެޑް ހެލްމެޓާއި ޗާޖްޑް ދަޅު ކޭސް ފަދަ އިތުރު އިނާމުތައް ކަސްޓަމަރުންނަށް ހޯދޭނެ ކަމަށެވެ.

ޗާޖްޑް އަދި މި ބްރޭންޑުގެ ޕްރޮމޯޝަނުގެ އިތުރު މައުލޫމާތާއި އެންމެފަހުގެ ކަންކަން ހޯދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives ފޮލޯކޮށްލާށެވެ.

ކޮކާ-ކޯލާ ބުނި ގޮތުގައި އެ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރިއެރުމެއް ގެނެސްދޭ، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ ޗާޖްޑް ކާމިޔާބުކަމާ އެކު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައިވާއިރު، ސައްތައިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުން ކުރުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗާޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައި ކަމުގައެވެ. މި ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް