ads
ނައިބު ރައީސް ފައިސަލް ފުވައްމުލަކުގައި
ފުވައްމުލަކުން ނުފިލަން، އެ ހުރީގެ ގެ ވެސް އަޅާފަ: ނައިބު ރައީސް ފައިސަލް
ފުވައްމުލަކުން ނުފިއްލަވާ ކަމަށާއި، ލިބުނުހާ ފައިސާއިން އެ ރަށުގައި ގެވެސް އަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ކެންޕޭނު ދަތުރުފުޅުގައި މިއަދު ފައިސަލް މިހެން ވިދާޅުވީ އެރަށު ރައްޔިތުންގެ ބަޔަކާ މަގުމަތިން ވާހަކަ ދައްކަވަމުންނެވެ. 

ފައިސަލް އެވަގުތު ވާހަކަ ދައްކަވާފައިވަނީ ވަރަށް ޖަޒުބާތާއި ފޯރީގައެވެ. އަދި ފައިސަލް ވާހަކަދައްކަވާ ނިމުމުން ސަޕޯޓަރުން ވަނީ އަތްވެސް ޖަހާފައެވެ. 

"އެއްބުރުން މިކަން ނިންމާދެއްވާ. އިބްރާހިމް މުހައްމަދު ސާލިހަށް ވޯޓުދެއްވާ. މަގޭ ބަހެއް ގަބޫލުކުރަންޔާ. މަށަށްވީ ހުރިހާކަމެއް ވެސް އެހުރީކޮށްފަ. އެހީ ގެވެސް އެހުރީ ހަދާފަ. މިރަށުން ފުރަން. މިރަށުން ނުފިލަންވެގެންތާ. ރަށުދެވާ ލޯބި ރަށަށް އިންނާނެ. ތިބޭފުޅުން ގަބޫލުކުރައްވާ،" ނައިބު ރައީސް ފައިސަލް ފުވައްމުލަކު ބަހުން ވިދާޅުވިއެވެ. 

ފައިސަލްގެ ވާހަކަފުޅަށް ގިނަބަޔަކު ތައުރީފު ކުރިނަމަވެސް، އިދިކޮޅުން ވަނީ އެނާގެ ވާހަކަތަކަށް ފާޑުވެސް ކިޔާފައެވެ. މިގޮތުން ނައިފަރު ދާރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޒުވަން ޖީލެއް ބިނާކުރެއްވީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ. 

"ލިބުންހާ ލާރިން އަމއްލަ ގެކޮޅު އެޅުއްވި ވާހަކަފުޅުން ރައްޔިތުން ނަގަންވީ ކޮން މާނަ އެއްތޯ? ކީކޭތޯ ތި ވިދާޅުވަން މަސައްކަތް ކުރައްވަނީ? ކިހިނެއްތޯ ޒުވާން ޖީލެއް ބިނާކުރާނީ އިންޑިޔާގެ އަޅުވެތި ކަމަށް ދީއްލާލައިގެން ރިޔާ ހެޔޮވަރުކޮށްގެން ޤައުމީ މަސްލަހަތައްވުރެ އަމިއްލަ އެދުން ކުރިޔަށް ނެރެގެން ތިބިބަޔަކަށް. ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ދިވެހި ޒުވާނުން ވާނީ އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްކަން ޔަޤީން،" ނައިފަރު ދާއިރަގެ މެންބަރު މިއަދު ނައިބު ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.

މިރޭ ރައީސް ސާލިހާއި ނައިބު ރައީސް، އަދި ކޯލިޝަނުގެ އިސްވެރިން ބައިވެރިވާ ހާއްސަ ކެންޕޭނު ޖަލްސާއެއްވެސް ފުވައްމުލަކުގައި އެބައޮތެވެ. 

65%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް