އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދުސްތޫރީ ހުސްކަމަކަށް ހިންގައިދާނޭ ހާލަތެއް އޮތީތީ އިންތިހާބު ފަސްކުރުމުގެ މައްސަލަ ހައިކޯޓުން ނަގައި އިއްޔެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އީސީން ކޯޓަށް ހުށަހަޅާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ނިންމި އިންތިހާބު 18 ވަނަ ދުވަހަށް ފަސްކުރުމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެއެވެ. އެގޮތުން ރާއްޖޭގައި 30 ދުވަހުގެ މުއްދަތަކަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު މިކަމުގެ ސަބަބުން ކެމްޕެއިން ހަރަކާތްތައް ހިންގަން ދަތިތަކެއް ކުރިމަތިވާތީ އެކަމުގެ ޝަކުވާވެސް ޕާޓީތަކުން ކޮށްފައިވާކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;