ads
ފައްޔާޒު ފުވައްމުލަކު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ހިތްތިރި ބޭފުޅެއް ނަމަވެސް ދެން ތިބީ "އެހާ ހިތްތިރި ބައެއް ނޫން" ކަމަށް ވިދާޅުވެ ފައްޔާޒް އިދިކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
Advertisement

ފައްޔާޒު އިންޒާރު ދެއްވީ ފުވައްމުލަކުގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ހުރަސް އަޅާ ނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅުގެ ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭނެކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. 

މިއަދު އެ ބޭފުޅުން އެ ކަމެއް އެ ކުރައްވަނީ އެފަދަ އެއްވެސް ބިރުވެރިކަމެއް ނެތި. އެހެންވީމާ ކެމްޕެއިން ކުރައްވާ، އަޅުގަނޑުމެންގެ ކެމްޕެއިނަށް ހުރަސް ނާޅުއްވާ،" ފައްޔާޒް

އެމްޑީޕީގެ ކެމްޕެއިނަށް އެ ގޮތަށް ތާ އަބަދު ހުރަސް އަޅާ ކަމަށް ވަންޏާމު ދިވެހިރާއްޖޭގެ އެއްވެސް ރަށެެއްގައި ވެސް އެ ބޭފުޅުންނަކަށް ކެމްޕެއިނެއް ނުކުރެއްވޭނެ. އެހެންވީމާ އެކަން ހުއްޓާލަން މިހާރުން މިހާރަށް މި ގޮވާލަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން އިދިކޮޅު މީހުން ނުކުމެ އެ މަނިކުފާނާ ދެކޮޅަށް އިހުތިޖާޖުކުރި އެވެ. އިހުތިޖާޖު ރޫޅާލައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

ފުވައްމުލަކުގައި އެމްޑީޕީގެ ޖަލްސާ ރޭ ކުރިއަށް ގެންދިޔަ ގަޑީގައި ވެސް އިދިކޮޅުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް މުޒާހަރާ ކުރިއެވެ.

ރޭގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރޫޅައެއް ނުލެވޭނެ ކަމަށާއި އެ އޮޑިއެއް ނުފެތޭނެ ކަމަށެވެ.

އަޅުގަނޑުމެން ވެސް ރޫޅައެއް ނުލެވޭނެ. ރޫޅައެއް ނުލެވޭނެ. ރޫޅައެއް ނުލެވޭނެ،" ފައްޔާޒު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހު އިންތިހާބަށް ކުރިމަތިލައްވަނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ، އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އިންތިހާބަށް ކުޑަތަން ވެފައިވާއިރު އެންމެ ގަދަޔަށް ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހެވެ.

ރައީސް ސޯލިހު ވިދާޅުވާ ގޮތުންނަމަ މި ފަހަރުގެ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ކާމިޔުބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް