ads
ދިރާސީ އާ އަހަރު ފެށެން ގާތްވުމާ ގުޅިގެން ދިރާގުން ވަނީ އެ ކުންފުނީގެ އާ ކެމްޕެއިން 'ދިރާގު ބެކް ޓު ސްކޫލް' ލޯންޗުކޮށްފައި - ފޮޓޯ:ދިރާގު
'ދިރާގު ބެކް ޓު ސްކޫލް' ކެމްޕެއިން ލޯންޗުކޮށްފި
ދިރާސީ އާ އަހަރު ފެށެން ގާތްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން އެ ކުންފުނީގެ އާ ކެމްޕެއިން 'ދިރާގު ބެކް ޓު ސްކޫލް' ލޯންޗުކޮށްފިއެވެ.

ދިރާގުން ބުނީ ކޮންމެ އަހަރަކުވެސް ތަފާތު ޑިޒައިންތަކަށް ފޮތުގެ ކަވަރުތައް ހެދުމަކީ ގިނަ ބެލެނިވެރިން އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން މި ކެމްޕެއިންގެ ދަށުން އެ ކުންފުނިން ވަނީ ކޮންމެ ކުއްޖެއްގެވެސް އާ އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ނަސީބުވެރި ފަސް ފަރާތަކަށް 1،000 ރުފިޔާގެ ހާއްސަ ސްޓޭޝަނަރީ ވައުޗަރެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނެފައިވަނީ އެ ކުންފުނީގެ ހާއްސަ ސޯޝަލް މީޑިއާ ޕޯސްޓުގައި #DhiraaguBackToSchool ހޭޝްޓެގް ޖެހުމަށްފަހު ދިރާސީ އާ އަހަރުގެ ފޮތް ކަވަރު ހިއްސާކޮށްލުމުން މި ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށެވެ. 

ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންގެ ދަށުން އެ ކުންފުނިން ވަނީ އާ ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަ އަދި ހިލޭ ސެޓް-އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފާ އެ ކުންފުނީގެ ކޮންމެ ފައިބަ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުން ބުނި ގޮތުގައިި މި ކެމްޕެއިންގެ ދަށުން 50 އިންސަަައްތަ ޑިސްކައުންޓާ އެކު އެންމެ 594 ރުފިޔާއަށް މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުސަތު އެ ކުންފުނީގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމުގައެވެ. މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިން އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/3rMATYg

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހުރިހާ އުމުރުފުރައަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށް އަދި ހެޔޮއަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް