ads
ރައީސް...
ޅައިމަގު ރައްޔިތުން އެދުނު ކަންކަން ފުއްދައިދެވިއްޖެ: ރައީސް
ޅައިމަގުގެ ރައްޔިތުންނަށް ކޮށްދޭން ބުނެފައިވާ ކަންތައް ކޮށްދެވޭ ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅަށް ޅައިމަގަށްވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޅައިމަގު ރައްޔިތުންނަށް ކޮށްދޭން އެދުނު އަދި ކޮށްދޭން ވައުދުވި ކަންތައްތައް މިދައުރު ނިމިގެންދާއިރު އެ މަސައްކަތް ކޮށްދޭވޭ ކަމުގެ ހިތްހަމަޖެހުން ލިބެމުންދާ ކަމަށެވެ.

އެގޮތުން ދެން އަންނަ ދައުރުގައި ކައުންސިލް އިދާރާގެ އާ އިމާރާތެއް އަޅާނެ ކަމަށާއި، މަގުތައް ރަނގަޅު ފެންވަރެއްގައި ހަނދާދެވޭނެ ކަމަށާއި، ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލެ ހޯދައިދިނުމުގެ އިތުރުން ހެލްތު ސެންޓަރު 24 ގަޑި އިރަށް ބަދަލުކޮށް ދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ޅައިމަގުގެ ކުނި ކޮށިވެސް ހަނދާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތަފާތު ކެންޑިޑޭޓުން ކުރިމަތި ލައްވާނެ ކަމަށާއި، އެގޮތުން އެބޭފުޅުންވެސް ވަޑައިގެން ވައުދުތަކެއް ވާނެ ކަމަށެވެ. ނަމަވެސް ވޯޓް ދޭންވާނީ މިސަރުކާރަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއީ މިސަރުކާރަކީ ޓެސްޓު ކުރެވިފައިވާ ސަރުކާރެއް ކަމަށްވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ވައުދާއި އެއްގޮތަށް މަސައްކަތް ކުރަމުންދިޔަތަން ފެނިފައިވާ ކަމަށާއި، ކުރިއަށް ގޮސްފައިވާ 15 އަހަރު ދުވަހު ވެސް ނުކުރާ އަސާސީ އެތައްކަމެއް މި ސަރުކާރުގައި ކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް