ads
ރައީސް ށ ފީވަކު ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވަނީ
ފީވަކު ބަނދަރު ރަސްމީކޮށް ރައީސް ހުޅުވައިދެއްވައިފި
ށ. ފީވަކުގެ ބަނދަރު ތަރަައްގީކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ފީވަކުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ. 

އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފީވަކު ބަނދަރުގެ މަސައްކަތަކަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކުރީ 67.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން، 40،420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14،743 ކިއުބިކް މީޓަރު ނެރުފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި އަދި 356 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި، 182 މީޓަރުގެ ރިވެޓްމެންޓް އާއި 27 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ އިތުރުން، 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

މި ބަނދަރާއެކު ފީވަކުގެ ބަނދަރުގެ ދަތިކަން ހައްލުވެގެންދާނެއެވެ.

ރައީސް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެ އަތޮޅުގެ ރަށްތަކުގައި މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ނިންމުން ދަނީ ފާހަގަކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް