ads
ބީއެމްއެލުން ގެދޮރު ގަންނަ ފަރާތްތަކަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ވަނީ އިތުރުކޮށްފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ ގެދޮރު ލޯނު އަނބުރާ ދެއްކޭ މުއްދަތު 25 އަހަރަށް ދަންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު ގަންނަ ފަރާތްތަކަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ.

"2021 ވަނަ އަހަރު އަޅުގަނޑުމެންގެ ހޯމް ލޯން އަދި ފައިނޭންސިން ރޭޓް ނުވަ އިންސައްތައަށް ދަށްކުރިން. މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް. މިއަދު މި ގެނެވުނު ބަދަލާ އެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަކަށް ފައިދާކުރާނެ،" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ-

ބީއެމްއެލުން ބުނެފައިވަނީ އެ ބޭންކުގެ ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 އިންސައްތަ އިކުއިޓީ އާއެކު، ނުވަ އިންސައްތަ އިންޓަރެސްޓު ރޭޓުގައި ކަމަށެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށް މި ފެސިލިޓީ ބޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މިއަދުން ފެށިގެން ލިބޭ ލޯން އެޕްލިކޭޝަންތަކަށް އަލަށް ކަނޑައެޅުނު ބަދަލުތަކަށް އަމަލުކުރަމުންދާނެ ކަމުގައެވެ. 

ބީއެމްއެލް ހޯމް ޕާޗޭސް ލޯނާ ގުޅޭ އިތުރު މައުލޫމާތު:

https://www.bankofmaldives.com.mv/personal/borrow/home-purchase-loan

ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން އާ ގުޅޭ އިތުރު މައުލޫމާތު:

https://www.bankofmaldives.com.mv/islamic/financing-products/home-purchase-financing

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް