ads
އަލީ ވަހީދު: ފޮޓޯ ޓުވިޓާ
ދެ އަހަރަށް ފަހު އަލީ ވަހީދު ތޮއްޑުއަށް
ދެ އަަހަރު ދުވަސްވަންދެން ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވައިގެން އުޅުއްވުމަށްފަހު މިދިޔަ މަހު ރާއްޖެ ވަޑައިގެންނެވި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އެނާގެ އުފަން ރަށް ތޮއްޑުއަާށް ވަޑައިގެންފިއެވެ.

ތޮއްޑުއަށް ވަޑައިގެންނެވުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ހިތް އޮތީ މިތަނުގައި" ކަމަށެވެ. 

އަލީވަހީދު ތޮއްޑުއަށް ވަޑައިގެން އުޅުއްވަނީ ބާބަކިއު ހެއްދުމާއި، އަތިރި މަތީގައި އަދި ކަރާ ކެއުމުގައި ކަން އޭނާ ޝެއާކުރައްވާ ފޮޓޯތަކުން ފެނެއެވެ. 

އަލީ ވަހީދުގެ މައްޗަށް ދައުވާކުރެވޭ މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދަނިކޮށް، ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދެވިފައިނުވެއެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖަލަށް ލާން ކުރި ހުކުމް، އަލީ ވަހީދު މާފަށް އެދުމުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. 

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އިއްވީ 2021 ވަނަ އަހަރުއެވެ. އޭރުއްސުރެ އަލީ ވަހީދު އުޅުނީ ރާއްޖޭން ބޭރުގައެވެ. އޭނާ އެނބުރި މާލެއައީ ޖުލައި 11 ވަނަ ދުވަހުއެވެ. 

ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި އޮތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޮގަސްޓު 11، 2021 ގައި ކުރި ހުކުމް އެ ކޯޓުން ބާތިލުކުރިކަން އެ ކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ވާހަކަ ފުރަތަމަ ފަހަރަށް އާއްމު ކުރީ އަލީ ވަހީދު ރާއްޖެ ވަޑައިގެން އޭނާ އަމިއްލައަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ސުޕްރީމް ކޯޓުން އަލީގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކުރީ ޖޫން މަހުއެވެ. 

22%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް