ރައީސް ސޯލިހު މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ މިހާރު އެމަނިކުފާނު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ބާރަށަށް ވަޑައިގެންނެވެ.
ރައީސް ސޯލިހުގެ އަރިހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ގެންދަވަނީ ބޮޑުތިލަދުންމަތީގެ ރަށްރަށުގައި ސަރުކާރުން ނިންމާފައިވާ މަސައްކަތްތައް ރަސްމީކޮށް ހުޅުއްވައިދެެއްވަމުންނެވެ.
ކުޅިވަރު ކުރިއެރުވުމުގެ ސިޔާސަތުގެ ތެރެއިން ރަށްރަށުގައި ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑުގެ އިތުރުން ބޮޑެތި ފުޓުބޯޅަ ދަނޑު ގާއިމުކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެންނެވެ.