ads
ޝެހެނާޒް މޫސާ
ޒުވާނުންނަށް ޕޮލިޓިކްސް ވެފައި އޮތީ "ޑާޓީ" އެއްޗަކަށް, އެކަމަކު އެއީ ހަގީގަތެއް ނޫން: ޝެހޭ
"ޒުވާނުންނަށް ޕޮލިޓިކްސް ވެފައި އޮންނަނީ ޑާޓީ އެއްޗަކަށް. އެކަމަކު އެއީ ހަގީގަތެއް ނޫން" އެމްޑީއޭގެ ވުމެންސް ކައުންސިލްގެ ވައިސް ޕްރެޒިޑެންޓް އައިމިނަތް ޝެހެނާޒު މޫސާ (ޝެހޭ) ސީއެންއެމްއަށް އޭނާގެ ވާހަކަތައް ކިޔައިދެމުން ބުންޏެވެ.
Advertisement

ސީއެންއެމްއަށް ޝެހޭގެ ވާހަކަތައް ކިޔައިދެމުން ބުނީ ކޮންމެ ދާއިރާ އަކުވެސް ކުރިއަށްދާން އަންހެނުންނަށް ގޮންޖެހުންތައް ހުންނާނެ ކަމަށާއި، ނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކުރިއަށްދެވޭނެ ކަމަށެވެ.

ކުރިއަށްދާން ނެގެޓިވް ކޮމެންޓްތަކާއިވެސް ކުރިމަތިލާން ޖެހޭ ކަމަށާއި، ލިބޭ ނެގެޓިވް ކޮމެންޓްތަކާއި ޕޮޒިޓިވް ކޮމެންޓްތަކަކީ ކުރިއަށް މޫވް ކުރަން ބޭނުންވާ މީހަކު ވިސްނަންޖެހޭ އެންމެ މުހިންމު ކަންތައް ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގައި މަސައްކަތް ކުރުމުގައި ވަރަށް ގިނަ އުނދަގޫ ހާލަތަތްތައް އައިސްފައިވާ ކަމަށްވެސް ޝެހޭ ބުންޏެވެ.

ސިޔާސީ ދާއިރާގެ ތަޖުރިބާ އަށް އޭނާ ބުނީ ޕޮލިޓިކްސް ދާއިރާއިން ހާއްސަކޮށް އަންހެނަކަށް ނުކުމެވޭނީ އާއިލާގެ އެއްބާރުލުމާއި، ޕާޓްނަރުގެ ވެސް ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި ކަމަށެވެ. ދަރިއަކުހުރެފަ ފިރިއަކު ހުރެފަ އާއިލާއެއް އޮތީމަ ލިބުނު އިންޒާރުތަކުން ބިރުވެރިމަށް ދިޔުމުން މަޑުމަޑުން އެދާއިރާއިން ދުރަށްދެވުނު ކަމަށެވެ.

އެހާ ހިސާބުން ޓިކްޓޮކާއި ގުޅިގެން އަނެއްކާވެސް މީހުން ލޯ މައްޗަށް ޝެހޭ ނުކުތީ އިންސާނީ އެހީތެރިއެއްގެ ގޮތުގައެވެ. މައުލޫމާތު ތަކެއް ފޯރުކޮށްދިނުމަށެވެ.

"ޓިކްޓޮކްގަ އެކަކު އަޑުއުފުލައިގެން ޗޭންޖެއް އައި ކަމަށް ގަބޫލު ކުރެވެނީ ދިވެހި ރާއްޖޭގެ ފަސް ސަރަހައްދަކުން މެންޓަލް ހެލްތަށް ފަރުވާ ލިބުން. ވަރަށް ބޮޑު އެޗީވްމެންޓެއްއެއީ. އެއް ދުވަހު އަމިއްލައަށް މަރުވާން އުޅުނު ފަސް މީހުން ސަލާމަތް ކުރިން. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުން އެއީ ނެތްބަޔެއްގެ ގޮތުގައި ނުނަގާ އެހީވެދޭންޖެހޭ. މާބަނޑު އަންހެނުން ކިޔުގައި ހުންނަނަމަ ސްޕޭސް ދޭން ޖެހޭ." -ޝެހޭ-

ޝެހޭ ބުނީ އޭނާ އުއްމީދަކީ އިންސާނީ އެހީތެރިކަމާއިއެކު، އަދި ޕޮލިޓިކްސް ދާއިރާއިން ވެސް ކުރިއަށް ދިއުން ކަމަށާއި، އެކަމުގައި އިރާދަ ކުރެއްވިއްޔާ ކުރިއަށްދާނެ ކަމަށެވެ.

ޝެހޭގެ އިންޓަވިއު ބައްލަވައިލެއްވުމަށް މި އާޓިކަލް އާއެކު ހީރަސް ކުރެވިފައިވާ ވީޑިއޯ ބައްލަވާލައްވާށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް