ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެކު ވާދަކުރެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
މިއަދު ހަވީރު ވޯޓުލައިގެން މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވީ ސެނެޓުގެ 25 ވޯޓުންނެވެ. ޝަރީފް އަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
ޕީއެންސީން މިއަދު ބޭއްވި ސެނެޓުގެ ބައްދަލުވުމުގައި ނިންމަވާފައިވަނީ ރިޔާސީ އިންތިހާބުގައި އެޕާޓީން ކެނޑިޑޭޓަކު ނެރުމަށެވެ. ސެނެޓުގެ މިބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން ކެނޑިޑޭޓަކު ނެރުމަށް ތާއީދު ކުރެއްވީ 44 މެމްބަރުންނެވެ. ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު ބޭއްވީ މިއަދު ހަވީރު 16:00 ގައެވެ. އިންތިހާބުގައި ލީ ސިއްރު ވޯޓެކެވެ.
ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓެއް ނެރުމަށެވެ.