ads
ދިޔާނާ އަދި މުއިއްޒު
މުއިއްޒުގެ ކެންޑިޑެސީއާމެދު ދިޔާނާގެ ސުވާލުތަކެއް
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކަށް މިއަދު ކަނޑައެޅި، މާލޭ މޭޔާރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑޭސީއާމެދު ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ދިޔާނާ ސައީދު ގާނޫނީ ސުވާލުތަކެއް އުފައްދަވައިފިއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ، މިއަދު އޮތް ސެނެޓުގެ ކުއްލި ޕްރައިމަރީގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާ ވާދަކޮށެވެ. މުއިއްޒުއަށް ޕީއެންސީގެ ކެންޑިޑޭސީ ލިބުނުއިރު ޕީއެންސީގެ މެންބަރަކަށް މުއިއްޒު ވެވަޑައިގެންނެވީވެސް މިއަދުއެވެ.

ސޯޝަލް މީޑިއާގައި، މުއިއްޒުގެ ކެންޑީޑޭސީއާ ގުޅޭ ގޮތުން ދިޔާނާ ސުވާލު އުފެއްދެވީ، އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރަން ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމަށް ރިއާޔަތްކޮށެވެ. 

ދިޔާނާ އުފެއްދެވި އެއް ސުވާލަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީއެންސީގެ ދަފުތަރުގައި ޑރ. މުއިއްޒުގެ ނަން އޮތްތޯ އުފެއްދެވި ސުވާލެވެ. އެ ދަފްތަރުގައި މުއިއްޒުގެ ނަން ނެތްނަމަ، ގާނޫނީ ބޭނުމަށްޓަކައި މުއިއްޒަކީ ޕީއެންސީގެ މެންބަރެއްތޯ ބެލޭނެތޯ ދިޔާނާ ސުވާލު އުފެއްދެވިއެވެ.

ދެވަނައަށް ދިޔާނާ އުފެއްދެވި ސުވާލަކީ ޕީއެންސީގެ ކެންޑީޑޭޓުގެ ގޮތުގައި މުއިއްޒު ކަނޑައަޅާފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށްތޯ އުފެއްދެވި ސުވާލެވެ. ދިޔާނާ ވިދާޅުވީ އަސާސީ ގަވައިދަކީ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދަކަށް ވާއިރު، ގަވައިދާ ހިލާފަށް ކަމެއް ނިންމުމުގެ ބާރު ޕާޓީއަށް ނޯންނާނެ ކަމަށެވެ.

ދިޔާނާ ސޯޝަލް މީޑިއާގައި އުފައްދަވާފައިވާ ސުވާލުތަކާ ގުޅޭ ގޮތުން ޕީއެންސީއަކުން އަދި ޑރ. މުއިއްޒުވެސް މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

73%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް