ads
އަހުމަދު ޝިޔާމް / ފޮޓޯ: ޕީޕީއެމް
ޑރ. މުއިއްޒު އަކީ ޕްލޭން ސީ: ޝިޔާމް
ޕީއެންސީ ގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި މާލޭ ސިޓީގެ މޭޔަރ ޑރ.މުއިއްޒު އަކީ ޕީޕީއެއެމް ޕީއެންސީ ކޯލިޝަންގެ ޕްލޭން ސީ ކަމަށް، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، ސުޕްރީމް ކޯޓު ސަރަހައްދުގައި ހުންނަވައިގެން "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައެވެ. 

ޝިޔާމް ވިދާޅުވީ ޕްލޭން އޭ، ޕްލޭން ބީ އަދި ޕްލޭން ސީ ވެސް ހެއްދެވީ ރައީސް ޔާމީނު ކަމަށާއި، އެމަނިކުފާނު އެގޮތަށް ނިންމެވީ، ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކުރައްވައި، އެ މެމްބަރުންނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބަސްބުނެވޭނެ ގޮތް ހެއްދެވުމަށް ކަމަށެވެ.

"ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދަނީ ސީދާ ރައީސް ޔާމީންގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން. އެމަނިކުފާނު ނިންމަވާފައިވަނީ، އެމަނިކުފާނަށް ކުރިމަތި ނުލެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމަވައިފިނަމަ، ޕީޕީއެމްގެ ކެނޑިޑޭޓް އެއް ނެރުމަށް. އެކަމަށްޓަކައި މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި، ޕީޕީއެމްގެ ކެންޑިޑޭޓްއެއް ހުށަހެޅުމައްޓަކައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާފައިވާ ފުރުސަތު އިތުރުކޮށްދެއްވުމަށް އެދިފައިވަނީ އެހެންވެގެން. އަދި އެ ހުށަހެޅުންވެސް ކާމިޔާބު ނުވެއްޖެ ނަމަ، ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ވާދަކުރައްވާނެ. އެހެންވީމަ، ރައީސް ޔާމީން އެވަނީ ޕްލޭން އޭ، ޕްލޭން ބީ އަދި ޕްލޭން ސީ ވެސް ހައްދަވާފަ. އެއީ އެމަނިކުފާނާއި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެއްމެހާ މެމްބަރުންނާއި މެދު އެމަނިކުފާނު ވިސްނަވާ މިންވަރު"

މީގެ އިތުރުން މިހާތަނަށް ރަސްމީ ސިފައެއްގައި ކެންޑިޑޭޓެއްގެ އިތުރުން ރަނިންގްމޭޓެއް ވެސް ދެއްކެވީ އެމަނިކުފާނު ކަމަށާއި، މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައަށް މުޅި ރާއްޖެވެސް އިންތިޒާރު ކުރައްވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރާއި، އިދިކޮޅު އެހެނިހެން ޕާޓީތަކަށްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި މެދު ވެސް ރަސްމީ ސިފައެއްގައި ގޮތެއް ނުނިންމިގެން އުޅުއްވަނީ ވެސް މިމައްސަލައިގައި ނަތީޖާ ނިކުންނަގޮތަކަށް އެބޭފުޅުންނަށް އިންތިޒާރުކުރެއްވޭތީ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ވިިދާޅުވިގޮތުން ރައީސް ޔާމީނުގެ ޕްލޭންތަކަކީ:

1. ޕްލޭން އޭ - ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ރައީސް ޔާމީނު ވާދަކުރެއްވުން

2. ޕްލޭން ބީ - ރައީސް ޔާމީނަށް ވާދަ ނުކުރެވިއްޖެނަމަ، ޕީޕީއެމްގެ އެހެން ކެނޑިޑޭޓެއް ނެރުން

3. ޕްލޭން ސީ - ރައީސް ޔާމީން އަދި ޕީޕީއެމް ގެ ކެންޑިޑޭޓް އަކަށް ވާދަ ނުކުރެވިއްޖެ ނަމަ، ޕީއެންސީގެ ކެންޑިޑޭޓް ވާދަ ކުރެއްވުން

ޕީއެންސީ އިން ވަނީ، 3 އޯގަސްޓް 2023 ގައި އެޕާޓީގެ ސެނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، ރިޔާސީ ޕްރައިމަރީ އެއް ބާއްވާފައެވެ. މިގޮތުން 25 ވޯޓުން އެ އިންތިޚާބް ކާމިޔާބު ކުރައްވައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުއިއްޒު ވަނީ އިންތިޚާބު ވެވަޑައިގެންފައެވެ.

your imageޑރ މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވަނީ 

އިންތިހާބު ކާމިޔާބު ކުރައްވައި، މީޑިއާ އާއި ވާހަކަ ދައްކަވަމުން، ޑރ.މުއިއްޒު ވަނީ، ސްޕްރީމް ކޯޓުގެ ހުކުމް އަންނަ ގޮތަކުން، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ފަދަ ހާލަތެއް އަތިވެއްޖެނަމަ، ފަޖަތަށް ޖެހި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑރ.މުއިއްޒު ވާދަކުރައްވައި އިންތިޚާބުވެ ވަޑައިގެންފިނަމަ، ވެރިކަމުގެ އެއްމެ ފުރަތަމަ ދުވަހު ވެސް މަސައްކަތްކުރައްވާނީ ރައީސް ޔާމީނު މިނިވަންކުރައްވަން ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން، ރައީސް ޔާމީނު ހުށަހެޅުއްވި ކެންޑިޑެސީ ފޯމް ބަލައި ނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން، ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައި، އެމައްސަަލައިގެ އަޑުއެހުންތައް ވަނީ މިހާރު ފެށިފައިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފައިވަނީ، ޖުލައި 23 ވަނަ ދުވަހުން ފެށިގެން އޯގަސް 7 ވަނަދުވަހާއި ހަމައަށެވެ. މިހާތަނަށް އައިއިރު، ކެންޑިޑެސީ ފޯމް ހުށަހަޅުއްވާފައިވަނީ ހަމައެކަނި ރައީސް ޔާމީނެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް