ads
ރަސްމުސް ހޮއިލަންޑް
ޔުނައިޓެޑުން ހޮއިލަންޑްގެ ސޮއި ހޯދައިފި
އިނގިރޭސި ފުޓްބޯޅަ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ރަސްމުސް ހޮއިލަންޑުގެ ސޮއި ހޯދައިފިއެވެ.

އިޓާލިއަން ލީގުގެ އެޓްލާންޓާއަށް ކުޅެމުން އައި ޑެންމާކުގެ ސްޓަރައިކަރު ޔުނައިޓެޑަށް ބަދަލުވީ އެޓްލާންޓާގައި އެއް އަހަރު ހޭދަކުރުމަށްފަހުއެވެ. އުމުރުން 20 އަހަރުގެ ހޮއިލަންޑް ޔުނައިޓެޑަށް ސޮއިކުރީ 72 މިލިއަން ޕައުންޑަށް، ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. 

ޔުނައިޓެޑަށް ސޮއިކުރުމަށްފަހު ހޮއިލަންޑް ބުނީ އެޓީމަށް ކުޅުމަކީ ކުޑައިރުން ފެށިގެން އޭނާއަކީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށެވެ. އަދި ޔުނައިޓެޑުގެ ޖާޒީގައި އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުން ނުކުމެގެން ދިއުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. 

ހޮއިލަންޑަކީ މި ސަމާ ބްރޭކްގައި ޔުނައިޓެޑާއި ގުޅުނު ތިންވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން ޗެލްސީގެ މޭސަން މައުންޓާއި އިންޓަ މިލާނުގެ އަންދްރޭ އޮނާނާވެސް ވަނީ ޔުނައިޓެޑާއި ގުޅިފައެވެ. 

ހޮއިލަންޑް ވަނީ މިދިޔަ ސީޒަންގައި އެޓްލާންޓާއަށް 32 މެޗު ކުޅެދީ، ނުވަ ލަނޑު ޖަހައިދީފައެވެ. އޭގެ އިތުރުން ޑެންމާކް ޓީމަށް އޭނާ ހަ މެޗު ކުޅެފައިވާއިރު، ހަ ލަނޑު ޖަހާފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް