ކޭން ހޯދުމަށް ބަޔާނުން އެންމެ ފުރަތަމަ ހުށަހެޅީ 70 މިލިއަން ޔޫރޯގެ ބިޑެކެވެ. އޭގެ ފަހުން ދެވަނައަށް ބިޑްކުރީ 80 މިިލިއަން ޔޫރޯއަށް އޭނާ ހޯދުމަށެވެ. ނަމަވެސް ޓޮޓެންހަމްއިން ވަނީ މި ދެބިޑުވެސް ރިޖެކްޓް ކޮށްފައެވެ.
ބަޔާންއިން ތިންވަނަ ފަހަރަށް ބިޑްކުރީ 100 މިލިއަން ޔޫރޯއަށް ކޭން ހޯދުމަށެވެ. އަދި މިއީ ކޭން ހޯދުމަށް އެޓީމުން ބީދްކުރާނެ ފަހު ފަހަރު ކަމަށްވެސް ބަޔާންއިން ވަނީ ބުނެފައެވެ. ނަމަވެސް މިފަހަރުގެ ބިޑްވެސް ޓޮތެންހަމްއިން ވަނީ ރިޖެކްޓް ކޮށްފައެވެ.
މި ޓްރާންސްފާ މާކެޓަކީ ކޭން ވިއްކާލުމަށް ޓޮޓެންހަމްއަށް ލިބޭނެ ފަހު ފުރުސަތެވެ. ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުމުގައި ބާކި އެއް އަހަރު އޮތްއިރު، އޭނާ ހުރީ ކްލަބާއެކު އެއްބަސްވުން އާކުރާ ގޮތަކަށް ނޫނެވެ.
ކޭން ވަނީ ޓޮތެންހަމްއަށް މިހާތަނަށް ކުޅެދިން 280 މެޗުން 435 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ޝަހްތަރު ޑޮނެސްކާއެކު ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައިވެސް ކޭން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ޓޮޓެންހަމްއިން އެމެޗު ކާމިޔާބުކުރީ5-1 ންނެވެ.