ads
ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރެއްވުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައިފި
ދ. ހުޅުދެލީގައި އަލަށް ތަރައްގީ ކުރެވުނު ބަނދަރުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވައިފިއެވެ.

ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ ދ.އަތޮޅަށް ކުރެއްވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު ހަވީރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 49،149 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 330 މީޓަރުގެ ކީ ވޯލެއް ޖެހުމާއި 227 މީޓަރުގެ ބްރޭކްވޯޓަ ޖެހުމާއި 252 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2،961 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ވަނީ ހަދާފައެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 45.8 މިލިއަން ރުފިޔާއަށެވެ. ހުޅުދެލީގައި އަލަށް ތަރައްގީ ކުރެވުނު ބަނދަރު މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް