ބީއެމްއެލުން ބުނީ މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގައި ކަމަށެވެ. ލިވިން އެކްސްޕޯ އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނެފައިވަނީ އެކްސްޕޯގައި ހުންނަ އެ ބޭންކުގެ އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކްއިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުން ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުގެ އިސްލާމިކް ހައުސިން ފައިނޭންސިން ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައެވެ.
ދާދިފަހުން ބީއެމްއެލް އިސްލާމިކްއިން ދޫކުރާ ހޯމް ޕާޗޭސް ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް 24 މަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. މި ބަދަލާ އެކު ގެދޮރު ގަންނަ ފަރާތްތަކަށް ވަނީ ފައިނޭންސިންއަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފައެވެ.