ads
ނައިބު ރައީސް ފައިސަލް
ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން: ނައިބު ރައީސް
ނައިބުގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދިޔަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އަދި ރާއްޖެއަށް ސިއްޙީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އާ ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ހިދުމަތްތަކާއި ފަރުވާތައް ތަޢާރަފްކޮށް ޞިއްޙީދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުންކޮށްފައިވާ މަސައްކަތްތަކާއި ހާސިލްކޮށްފައިވާ ކާމިޔާބީތައް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި އެކު ސިއްހީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި އަދި ހަމައެގޮތަށް ސިއްހަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތަށް ބަލައި އާއްމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަން ނައިބުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގކޮށްފައިވެއެވެ.

އަދި އެކަމަށް އާއްމު ސިއްޙަތާއި ނަފްސާނީ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

"ހޮސްޕިޓަލުތަކުން މިފަދަ އާ ހިދުމަތްތައް ތައާރަފްކޮށް ޚިދުމަތް ދޭންފަށާ ފަރުވާ ދޭނެބަޔަކު ތިބިނަމަވެސް ވިސްނަންވީ ތިމާގެ ލައިފް ސްޓައިލް ގެންނަން ޖެހޭ ބަދަލުތަކަށް އެއީ ވަރަށް މުހިންމުކަމެއް، ނަފްސާނީ ދުޅަހެޔޮކަމާއި ސިއްހީ ކަންކަމަށް މީހުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގަން ޖެހޭ" ނައިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ނެރުއްވައިދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް