ads
މެންބަރު ޒަރީރު
ގައްބަރޭ މައްސަލައިގައި އެމްޕީ ޒަރީރުގެ ވާހަަކަ ބަދަލުވެއްޖެ
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން ހަމަލާ ދިނީ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ކަމަށް ފުލުހުންނަސް ބަޔާން ދެއްވުމަށް ފަހު، ހަމަލާދިނީ އޭނާ ކަން ޔަގީން ނުވާ ކަމަށް ވިދާޅުވެ ފުލުހުންގެ ބަޔާން ޒަރީރު ބަދަލުކުރައްވައިފިއެވެ.

ފުލުހުންގެ ތަހުގީގަށް ޒަރީރު ދެއްވި ބަޔާން ބަދަލުކުރެއްވިކަން ހާމަވީ، ގައްބަރޭ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ޝަރީއަތުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. ހައިކޯޓުގެ ޝަރީއަތުގައި، ގައްބަރޭގެ ދިފާއީ ވަކީލު ވަނީ ޒަރީރުގެ ބަޔާން ބަދަލުވެފައިވާ ކަން ފާހަގަ ކުރައްވައި އެކަން ފަނޑިޔާރުންގެ ސަމާލު ކަމަށް ގެންނަވާފައެވެ.

އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލުކުރެއްވުމުން، ފުލުހުންގެ ފަރާތުން ޝަރީއަތަށް ހާޒިރުވެ އިންނެވި ޕޮލިސް އޮފިސަރު ވިދާޅުވީ ޒަރީރު ދެ ފަހަރު ފުލުހަށް ބަޔާން ދިން ކަމަށެވެ. ފުރަތަމަ ބަޔާނުގައި ހަމަލާ ދިނީ ގައްބަރޭ ކަން ޔަގީންކޮށްދިން ކަމަށާއި، ނަމަވެސް ދެވަނަ ބަޔާނުގައި ގައްބަރޭކަން ޔަގީންނުވާ ކަމަށް ވިދާޅުވެ ބަޔާން ދެއްވި ކަމަށް އެ އޮފިސަރު ވިދާޅުވި އެވެ. ޒަރީރާ ހަވާލާދެއްވައި، ޕޮލިސް އޮފިސަރު ވިދާޅުވީ ބިރުވެރިކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ގައްބަރޭ ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓި އެވެ. އެއަށް ފަހުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ ޖުލައި 6، ގަ އެވެ. ޒަރީރަށް ހަމަލާ ދިނީ މެއި 1، ގައި މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ.

ޑިއާގައި ފިލައިގެން ވެސް އޭނާ އުޅުނެވެ. ގައްބަރޭއަކީ އޭރު ގޭންގް ލީޑަރެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް