ads
ކެލާ އިބްރާހިމް ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:އެޑިޔުކޭޝަން މިނިސްޓްރީ
17 މިލިއަނަށް ކެލާ އިބްރާހިމް ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
ހއ. ކެލާ ޝެއިހް އިބްރާހީމް ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.

ޝެއިހް އިބްރާހީމް ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ. ވޭވްލެންތްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޖަލީލެވެ.

your imageކެލާ އިބްރާހިމް ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުން - ފޮޓޯ:އެޑިޔުކޭޝަން މިނިސްޓްރީ

ކެލާ ޝެއިހް އިބްރާހީމް ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ޝެއިހް އިބްރާހީމް ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ވޭވްލެންތް އާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޝެއިހް އިބްރާހީމް ސްކޫލުގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތަށް 17.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް