ads
އުއްތަމަ ފަނޑިޔާރު ރައީސުލް ޖުމްހޫރިއްޔާއާ އެކު
ނުރައްކަލުގެ ހާލަތުގައި ޝަރީއަތްތައް ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދު ސުޕްރީމް ކޯޓުން ދީފި.
ކޮރޯނާ ވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކޯޓުތަކުން އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން އަންގައިފި އެވެ. ސުޕްރީމް ކޯޓުން މި ގޮތަކަށް އަންގާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ނެރުއްވި ސަކިޔުލައެއްގައެވެ.
Advertisement

އުއްތަމަ ފަނޑިޔާރު ސޮއިކުރައްވާ ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ނިމެންދެން، ގިނަ މީހުން އެއްފަހަރާ ހާޒިރު ނުކޮށް، ޝަރީއަތްތައް ހިންގަން ޖެހޭނެ ކަމަށާއި އަދި އެއް ވަގުތަކު ގިނަ ބަޔަކު ކޯޓުގައި ބައިތިއްބަން ނުޖެހޭ ގޮތަށް އަޑުއެހުންތައް ޝެޑިއުލް ކުރަން ޖެހޭނެ ކަމަށެވެ. އަދި ވަސީލަތްތައް ލިބެން ހުރި ނަމަ، ކޮންމެހެން ބާއްވަން ޖެހޭ އަޑުއެހުންތައް ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސްކޮށް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށާއި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށް ވެސް ހަމަޖެއްސިދާނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

މީގެ އިތުރުން އެލާޓް ލެވެލް އޮރެންޖަށް ބަދަލުކޮށްފި ނަމަ، ފަނޑިޔާރުން މަސައްކަތް ކުރާނެ ގޮތުގެ ޑިއުޓީ ތާވަލެއް އެކުލަވާލުމަށާއި ބަންދާ މެދު ގޮތެއް ނިންމުމާއި އަވަސް ފިޔަވަޅުތައް އަޅަންޖެހޭ މައްސަލަތައް ފިޔަވައި، މީހުން ހާޒިރު ކޮށްގެން ގެންދަންޖެހޭ އެހެން ހުރިހާ މައްސަލަތަކެއް މަޑުޖައްސާލަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ. 

މިއަދުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން އެ ސާކިއުލާގެ އުސޫލުތަކަށް އަމަލު ކުރަމުން ގެންދިއުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;