ޓޮޓެންހަމްއިން ބަޔާންއަށް ކޭން ދޫކުރަން އެއްބަސްވީ 100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަން ބާކީ އެއް އަހަރު އެބައޮތެވެ. ނަމަވެސް އޭނާ ހުރީ އެއްބަސްވުން އާކުރާ ވިސްނުމެއްގައެއް ނޫނެވެ. ޓޮޓެންހަމްއިން އޭނާ ވިއްކާލަން ނިންމީ އަންނަ ސީޒަނަށްފަހު ހިލޭ ޓްރާންސްފާއެއްގައި ކޭން ކްލަބު ދޫކުރުމަށްވުރެ، މިވަގުތު ބޮޑު އަގެއްގައި އޭނާ ދޫކޮށްލަން ކްލަބަށް ފައިދާ ބޮޑުވީމައެވެ.
ދެކްލަބުން އެއްބަސްވުމަކަށް އައިސްފައި ވާއިރު، މިހާރު ގޮތް ނިންމުމުގެ ބާރު އޮތީ ކޭންގެ އަތުގައެވެ. މީގެ ކުރިން ބަޔާންއިން ވަނީ ތިން ބިޑެއް ކޮށްފައެވެ.
ކޭން ހޯދުމަށް ބަޔާނުން އެންމެ ފުރަތަމަ ހުށަހެޅީ 70 މިލިއަން ޔޫރޯގެ ބިޑެކެވެ. އޭގެ ފަހުން ދެވަނައަށް ބިޑްކުރީ 80 މިިލިއަން ޔޫރޯއަށް އޭނާ ހޯދުމަށެވެ. ނަމަވެސް ޓޮޓެންހަމްއިން ވަނީ މި ދެބިޑުވެސް ރިޖެކްޓް ކޮށްފައެވެ.
ބަޔާންއިން ތިންވަނަ ފަހަރަށް ބިޑްކުރީ 100 މިލިއަން ޔޫރޯއަށް ކޭން ހޯދުމަށެވެ.
ކޭން ވަނީ ޓޮތެންހަމްއަށް މިހާތަނަށް ކުޅެދިން 280 މެޗުން 435 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ޝަހްތަރު ޑޮނެސްކާއެކު ޓޮޓެންހަމް އެންމެ ފަހުން ކުޅުނު މެޗުގައިވެސް ކޭން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ޓޮޓެންހަމްއިން އެމެޗު ކާމިޔާބުކުރީ5-1 ންނެވެ.