ads
ފޯރި އާއި ޖޯޝުން ފުރިގެންވާ ޗާޖްޑް ނައިޓްސް މިއުޒިކް ހަރަކާތެއް ވަނީ ފަށާފައި - ފޮޓޯ:ޗާޖްޑް މޯލްޑިވްސް
ފޯރި އާއި ޖޯޝުން ފުރިގެންވާ 'ޗާޖްޑް ނައިޓްސް' މިއުޒިކް ހަރަކާތެއް
ކޮކާ-ކޯލާ މޯލްޑިވްސްއިން އަލަށް ތައާރަފުކުރި އިންގިލާބީ ބުއިން ކަމަށްވާ ޗާޖްޑް އިން، އާންމުންގެ މުނިފޫހިފިލުވުމުގެ އުންމީދުތަކަށް ދިރުން ގެނުވާނެ ޝޯތަކެއް ބާއްވަން ފަށައިފިއެވެ.

ކޮކާ-ކޯލާއިން ބުނީ 'ޗާޖްޑް ނައިޓްސް' ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަކީ މިއުޒިކާއި ހަކަތަ އާއި ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތަކެއް އެކުލެވިގެންވާ ހަރަކާތެއް ކަމަށެވެ.

ޗާޖްޑް ނައިޓްސް ހިތްގައިމު ތިން ތަނެއްގައި ކުރިއަށް ގެންދާނެ ކަމަށާއި މި އޮގަސްޓް މަސް ވެގެންދާނީ ހަނދާން ނައްތާލަން އުނދަގޫ މަހަކަށް ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. 

އޮގަސްޓް 11 - އާޓިފިޝަލް ބީޗު

ކޮކާ-ކޯލާއިން ބުނެފައިވަނީ ޗާޖްޑް ނައިޓްސްގެ ޖާދޫ ފަށާފައިވަނީ އާޓިފިޝަލް ބީޗުން ކަމަށާއި ހަބޭސް ބޮޑުބެރާއި ފާލިހް އާދަމް އެންޑް ބޭންޑްގެ ހިތްގައިމު އަޑުތަކާއި ޑީޖޭގެ މިއުޒިކުން މުޅި ތަނަށް އިތުރު އާރޯކަމާއި ދިރުން ގެނެސްދިން ކަމަށެވެ.

އޮގަސްޓް 18 – ސޯޝަލް ސެންޓަރު

ޗާޖްޑް ނައިޓްސްގެ ހަރަކާތް ފެށުމަށްފަހު، ދެން ފަޅުފިލުވާލާނީ މާލޭގެ ސޯޝަލް ސެންޓަރު ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ސޯޝަލް ސެންޓަރުގައިވެސް، ހަބޭސް ބޮޑުބެރާއި ފާލިހް އާދަމް އެންޑް ބޭންޑްގެ ހިތްގައިމު އަޑުތަކަށް ނަށަން ތައްޔާރުވުމަށާއި ޑީޖޭގެ މިއުޒިކުން މުޅި ތަނަށް އިތުރު އާރޯކަމާއި ދިރުން ގެނެސްދޭނެ ކަމުގައެވެ.

އޮގަސްޓް 25 - ސެންޓްރަލް ޕާކް، ހުޅުމާލެ

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި ހަރަކާތުގައި ބައިވެރިވާ ރަވީއޯ، އީކުއޭޓިކް ވައިބް އަދި ސްކައި ރޮކްގެ ހުނަރުން ފުރިގެންވާ ހުށަހެޅުންތަކަށް އިންސާފުކޮށްލަން ތައްޔާރުވުމަށް ކޮކާ-ކޯލާއިން އެދެއެވެ. ކޮކާ-ކޯލާއިން ބުނީ އެ ބޭންޑުތަކުގެ އިތުރުން ޑީޖޭގެ މިއުޒިކުން އިތުރު ހިތްގައިމު ކަމަކާއި ޖޯޝެއް ގެނުވާނެ ކަމަށެވެ.

ޗާޖްޑް ނައިޓްސް ކުރިއަށްދާ ކޮންމެ ތަނެއްގައި ޗާޖްޑް ބުއިން ލިބޭ ސްޓޯލްތައް ހުންނާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި އުފާވެރި އަދި ޝައުގުވެރި ހަރަކާތުގައި ބައިވެރިވެލައި ނަފްސަށް އުފާވެރިކަމާއި މަޖާ އިހުސާސްތަކާއި ތަޖުރިބާތަކެއް ގެނެސްދިނުމަށެވެ.

ޗާޖްޑް ނައިޓްސްގެ ހިތްގައިމުކަން ގުޅިފައިވަނީ، މިހާރު ކުރިއަށްގެންދާ 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނާ ކަމަށާއި ނަސީބު ވަޒަންކޮށްލަން މިއަށްވުރެ ރަނގަޅު ވަގުތެއް ނާންނަ ކަމުގައި ކޮކާ-ކޯލާއިން ބުނެއެވެ. ކޮކާ-ކޯލާއިން ބުނި ގޮތުގައި ބެނެލީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ފަދަ ހިތްގައިމު އިނާމުތައް ލިބުމުގެ އުފާވެރިކަން އިހުސާސްކޮށްލުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. ބެނެލީ ސައިކަލާއި އަދިވެސް އިތުރު އިނާމުތައް ލިބޭ ނަސީބުވެރިން އިއުލާނުކުރާނީ ކޮންމެ ދެ ހަފުތާއަކުން، އޮގަސްޓް 19 ވަނަ ދުވަހާއި ސެޕްޓެމްބަރުގެ ދެވަނަ ދުވަހާއި 16 ވަނަ ދުވަހުގެ ރޭގަނޑު 9:30 ޓީވީއެމްއިން ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ. އެ ކުންފުނިން ބުނީ ޗާޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626 އަށް ފޮނުވުމުން 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. 

ކޮކާ-ކޯލާއިން ބުނި ގޮތުގައި އެ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރިއެރުމެއް ގެނެސްދޭ، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ ޗާޖްޑް ކާމިޔާބުކަމާ އެކު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައިވާއިރު، ސައްތައިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުން ކުރުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗާޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައި ކަމުގައެވެ. މި ބުއިން މިހާރު ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.

ޗާޖްޑް އަދި މި ބްރޭންޑުގެ ޕްރޮމޯޝަނުގެ އިތުރު މައުލޫމާތާއި އެންމެފަހުގެ ކަންކަން ހޯދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives ފޮލޯކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް