މުއިއްޒުގެ މި ދަތުރުފުޅުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައިހިމެނޭ އިސްފަރާތްތައް ވެސް ހިމެނެއެވެ.
މުއިއްޒުގެ ރަނިންމޭޓް ހިމެނޭ ގޮތަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) އާއި، ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ އިތުރުން ގައްސާން މައުމޫންވެސް ހިމެނެއެވެ. އަދި އޭގެ އިތުރުންވެސް ޕާޓީގެ އިސް ގިނަފަރާތްތައްވަނީ އެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނަވަނީ އެ އަތޮޅު ހަނިމާދޫ އަށެވެ. އަދި ކުޅުދުއްފުއްޓަށާއި، ނައިފަރަށްވެސް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.
ހއ. ހދ. އަށް ކުރައްވާ މި ދަރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.