ads
ރައީސް ސޯލިހު މާޅެންދޫގައި ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭ އަތޮޅަކަށް ނ.އަތޮޅު ވާނެ ކަމަށް - ފޮޓޯ:އުފާވެރި އަމާން ރާއްޖެ މީޑިއާ
އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭ އަތޮޅަކަށް ނ.އަތޮޅު ވާނެ
ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭ އަތޮޅަކަށް ނ.އަތޮޅު ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެށި ކެމްޕެއިން ދަތުރުގައި ނ. މާޅެންދޫއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ނިންމުން މިހާރު ވަނީ މަސްދުވަހަށްވުރެ ކުޑަތަންވެފައި ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭނެ އަތޮޅެއްގެ ގޮތުގައި ނ. އަތޮޅުވެގެންދާނެ ކަމަށެވެ.

"ނ. އަތޮޅުގެ ރައްޔިތުން އަޅުގަނޑު ދެކޭ ގޮތުގައި މި ފަހަރު، މި އިންތިހާބުގައި ރެކޯޑު އަދަދަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ އެކީގައި ތިބޭ ތަން ފެނިގެންދާނެ. ޝިޔާމްގެ އެހީތެރިކަމާ އަދާލަތުގެ ސަޕޯޓާ އަދި އެމްޑީޕީގެވެސް ބޮޑު ތާއީދު އޮތް އަތޮޅަކަށްވާތީ އަޅުގަނޑަށް ފެންނަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބޭނެ އަތޮޅެއްގެ ގޮތުގައި މި އަތޮޅުވެގެންދާނެ ކަމަށް،" - ރައީސް ސޯލިހު

ރައީސް ވިދާޅުވީ ކެމްޕެއިން ކުރިއަށް ގެންދަންވީ ކަމަށާއި ކެމްޕެއިން ކުރިއަށް ގެންދިއުމުގައި ވާން ޖެހޭ ހުރިހާ އެހީތެރިކަމެއް ވާން ތައްޔާރަށް ތިބި ކަމަށެވެ. އެއްވެސް ކަމެއް ނުކުރެވި އޮވެގެން ވޯޓެއް ގެއްލުނު ކަމަށް ނުބުނާ ވަރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ވަކި ވަކި ކޮންމެ ފަރުދަކާ ބައްދަލުކުރައްވާ. ކޮންމެ ފަރުދަކާ ބައްދަލު ކުރައްވާ. ކޮބައިތޯ މައްސަލައަކީ. ހައްލުކުރަންވީ ކޮން ކަމެއްތޯ، ދެނެވަޑައިގަންނަވާ. އަޅުގަނޑުމެންނާ ހިސާބަށް އެކަން ގެނެސްދެއްވާ. އެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދެމުން ގެންދާނަން،" - ރައީސް ސޯލިހު

ރައީސްގެ ވާހަކަފުޅުގައި ވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މާޅެންދޫއަށް ކޮށްދީފައިވާ ކަންތައްތަކަށާއި ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް