މާލޭގައި ދިރިއުޅެމުންދާ އައްޑޫގެ ރައްޔިތުންނާ އެކު ރޭ އަސްލަމް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ އައްޑޫ ފަސްގަނޑުން ނުވަތަ މި ރާއްޖޭގެ ފަސްގަނޑުންވެސް އަސްލަމަށްވުރެ ބޮޑަށް އައްޑޫއަށް ހެޔޮއެދޭ ބޭފުޅަކު ނުހޯދޭނެ ކަމަށާއި އަސްލަމަކީ އައްޑޫއަށް ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ.
އަސްލަމް އަންނަނީ ރައްޔިތުންގެ މަޖިލީހުގައި ހަތަރުވަނަ ދައުރު ފުރިހަމަ ކުރައްވަމުންކަން ފާހަގަކުރައްވާ ދިޔާނާ ވިދާޅުވެފައިވަނީ އައްޑޫގެ ތައުލީމީ ދާއިރާއަށްވެސް އަސްލަމް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.