އެ ޕާޓީން މިއަދު އެކަން ހާމަކޮށްފައިވާއިރު އެ ސައިޓް މެދުވެރިކޮށް ޑިމޮކްރެޓްސް ޕާޓީގެ ހަރަކާތްތަކާއި އެންމެ ފަހުގެ މައުލޫމާތާއި ޚަބަރުތައް ސަޕޯޓަރުންނަށް ލިބިގެންދާނެއެވެ.
މިހާރުވެސް ވެބްސައިޓުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ދަތުރުފުޅުތަކާއި، ޖަލްސާތަކުގެ ވީޑިއޯތަށް ފެންނަން އެބަ ހުއްޓެވެ.
ޑިމޮކްރެޓްސްގެ ވެބްސައިޓް ހިނގަނީ ދިވެހި ބަހާއި އިނގިރޭސި ބަހުންނެވެ.
ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ. އެޕާޓީން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު، އެ ޕާޓީގެ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ. އޭނަގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.