ads
ރައީސް ސޯލިހު ނ.ހެނބަދޫގައި---ފޮޓޯ:އެމްޑީއޭ
ވައުދުވެ ވައުދު ފުއްދުމުގެ ރެކޯޑު އޮތީ އަޅުގަނޑުމެންގެ: ރައީސް
ވައުދުވެ، ވައުދު ފުއްދުމުގެ ރެކޯޑެއް އޮތީ މިސަރުކާރުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ.އަތޮޅުގެ ރަށްރަށަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ހެނބަދޫގައި ހުންނަވައިގެން ރައީސް ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުތަކުން ހެނބަދޫއާއި މެދު ކަންތައްތައް ކޮށްފައިވާ ގޮތުން ހެނބަދޫގެ ރައްޔިތުންނަށް އެމަނިކުފާނު 2018 ވަނަ އަހަރު ވަޑައިގެންނެވުމުން އޭރު ވެވަޑައިގެންނެވި ވައުދުތައް ގަބޫލު ވެސް ނުކުރި ކަމަށެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެފައިވާ ކަމަށާއި ސަރުކާރުތަކުން ހެނބަދޫއަށް ވަމުން އައި އިހުމާލުތައް ނިމުމަކަށް ގެނެސްދެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ނ.އަތޮޅަށާއި ހެނބަދޫއަށް ކަންތައްތައް ދެން ވެސް ކޮށްދެވޭނީ އެމަނިކުފާނަށް ކަމަށް އިޝާރާތް ކުރައްވާ، ރައީސް ސޯލިހު ވިދާޅުވީ ނ އަތޮޅަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްްމަދު ވެސް ހުންނެވީ އެމަނިކުފާނާއެކު އެޔަގީންކަން ދެއްވަން ކަމަށެވެ. 

ރައީސް ސޯލިހުވަނީ ހެނބަދޫއަށް ފަސް ވައުދެއް ވެވަޑައިގެންފައެވެ. އެއީ އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ބިން ހިއްކުމާއި، ރަށުގައި ބޮޑު މިސްކިތެއް އެޅުމާއި، ރަށުގެ ބޮޑެތި މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ކައުންސިލް އިދާރާއާއި ކޯޓު ހިނގުމަށް ކޮމްޕްލެކްސްއެއް އަޅައި ދިނުމުގެ އިތުރުން އެރަށުގެ ސިއްހީ މަރުކަޒު 24 ގަޑި އިރު ހިދުމަތްދޭ ތަނަކަށް ބަދަލު ކުރުމުގެ ވައުދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް