ads
ޑރ. ވަހީދު ޖޭޕީއަށް ސޮއިކުރެއްވުން
ޑރ. ވަހީދު ޖޭޕީއަށް ސޮއިކުރައްވައިފި
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަަސަން މަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

އެމަނިކުފާނު ގާސިމް އިބްރާހިމް އަށް ތާއީދު ކުރައްވަން ފެއްޓެވީ ޕީޕީއެމުން ރިޔާސި ކެނޑިޑޭޓެއް ނުނެރި ޕީއެންސީގެ ކެޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމުމާއި ގުޅިގެންނެވެ. 

ޑރ. ވަހީދު ވަނީ ފުލުސް އޮފީހަށް ރިޔާސީ ކެނޑިޑޭޓަކަށް ހުށަހެޅުމަށް ކުށުގެ ރެކޯޑު ވެސް ސާފުކުރައްވާފައެވެ. 

ނަމަވެސް އެންމެ ފަހުވަގުތު ޕީޕީއެމް ޕީއެންސީގެ ގިނަ ބަޔަކު ޑރ. މުއިއްޒުއަށް ތާއީދު ކުރެއްވުމާއެކު ޑރ. ވަހީދު ވަނީ އިއްޔެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ބައްދަލުކުރައްވާފައެވެ. 

ޑރ. ވަހީދު ސިފަކުރެއްވި ގޮތުން ރައީސް އަބްދުﷲ ޔާމިންގެ ކެނޑިޑަސީ ގަބޫލުނުކުރަން ސުޕްރީމް ކޯޓުން ނިންމިފަހުން ޕީޕީއެމްގެ ކެނޑިޑޭޓަކު ނެރެން ވަގުތު އޮތެވެ. 

ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފޯމު ހަވާލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެވެ. ޑރ. ވަހީދު ވަނީ 2013 ވަނައަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާފައެވެ. އެމަނިކުފާނަށް އޭރު ލިބިވަޑައިގަތީ 5 ޕަސަންޓު ވޯޓެވެ. 

ޑރ. ވަހީދުގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް މިއަދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް