އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2023 ސެޕްޓެމްބާ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެއިން ބޭރު އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ ހަމަނުވުމުގެ ސަބަބުން، ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން މިތަންތަނުގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ، އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމުގައިވެސް ބުނެފައިވެއެވެ.
މީގެ ކުރިން ރާއްޖެއިން ބޭރުގައި ބަހައްޓަން ނިންމާފައިވާ ވޯޓް ފޮށި ކަނޑައެޅިފައިވާ އަދަދަށް މީހުން ރީ-ރަޖިސްޓްރީނުވެފައިވާތީ، ރާއްޖެއިން ބޭރުގެ ހަތަރު ވޯޓުފޮއްޓެއް ނުބެހެއްޓުމަށް ވަނީ ނިންމާފަކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ފާހަގަކޮށްފައިވާ ރިޒޯޓްތަކުގެ އަދަދަކީ 18 ރިސޯޓެވެ. އެއީ
އަދި ރިޔާސީ އިންތިހާބުގައި ވޯޓް ފޮށި ނުބަހައްޓާ ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި ތިލަފުށި ވެސް ހިމެނެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން ވޯޓް ފޮށި ނުބަހައްޓާ ގައުމުތަކުގެ ތެރޭގައި، އިންޑިޔާގެ ނިއުދިއްލީ އާއި، ސިންގަޕޫރު އާއި، ތައިލެންޑް ބެންކޮކާއި، ޖަޕާނުގެ ޓޯކިޔޯވެސް ހިމެނެއެވެ.
މި ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި، ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދޭ ކަމަށާއި، އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ، އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ އަމިއްލަ ރަށުގައި ކަމަށްވެސް އިލެކްޝަނުން ބުނެފައި ވެއެވެ.