ads
ރައީސް ސޯލިހު މިއަދު ފޮއްދޫ ރައްޔިތުންނާއި ބައްދަލު ކުރުމަށް ވަޑައިގަންނަވަނީ---ފޮޓޯ:އެމްޑީއޭ
ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ގެންނާނަން: ރައީސް ސޯލިހު
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށާއި ތަރައްގީ ގެނެސްދިނުމުގައި ކުދި ރަށްރަށް ބަކީ ކޮސް ނުލައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ.
Advertisement

ރައީސް ސޯލިހު އެހެން ވިދާޅުވީ ނ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮއްދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ސޯލިހު ވިދާޅުވީ ޖަޒީރާ ރާއްޖެ ތަސައްވަރާއެކު 2018 ވަނަ އަހަރު އެމަނިކުފާނު ވަޑައިގެންނެވުމުން ބައެއް ރަށްރަށަށް އޭރު އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ގަބޫލު ކުރަން ދަތިވި ކަމަށެވެ. ނަމަވެސް އެ ޔަގީންކަން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހޯދިއްޖެ ކަމަށާއި ކޮވިޑާއެކު ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. 

"ފޮއްދޫއަކީ ވެސް ކުޑަ ރަށަކަށްވާތީ މިއީ އެކަހެރިކޮށްފައި އޮތް ރަށެއް. އަޅުގަނޑުމެންވަނީ އެކަން މާޒީއަށް ދޫކޮށްލާފައި. މިއަދަކު ރާއްޖެއަކު ކުޑަ ރަށެއް ބޮޑު ރަށެއް، އަސާސީ ހިދުމަތް ނުލިބި ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށާއި ރަށްރަށުގެ ޒުވާނުންނަށް އަދި ވިޔަފާރިންނަށް ވެސް އޮތް އެންމެ ބޮޑު ހުރަހަކީ އަސާސީ ހިދުމަތްތައް ގާއިމު ކުރެވިފައި ނެތުން ކަމަށެވެ. ނަމަވެސް އެކަން ބަދަލުވެފައިވާ ކަމަށާއި ދެން އޮތީ މުޅި ރާއްޖެ އެހެން މަރުހަލާއަކަށް ގެންދިއުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

2013 އިން 2018 އަށް ވެރިކަން ކުރި ފަރާތުން އިސްކަންދީފައިވަނީ ބޮޑެތި އާބާދީތަކަށް ކަމަށާއި ކުރިއަށް އޮތް އިންތިހާބާއެކު ވެސް ކުދި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރަކީ ޓެސްޓު ކުރެވި ނަތީޖާ ނެރެދީފައިވާ ސަރުކާރެއް ކަމަށާއި ކޮވިޑުގެ ދަތިކަމާއެކު ވެސް ރަށްރަށަށް ބޭނުންވި ކަންތައްތައް ކޮށްދެމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހުވަނީ ފޮއްްދޫގެ ރައްޔިތުންނަށް ވެސް ތިން ވައުދެއް ވެވަޑައިގެންފައެވެ. އެއީ 

1. ރަނގަޅު މިސްކިތެއް ބިނާކޮށްދިނުން،

2. ޒުވާނުން ބޭނުންވާ ގޮތަށް ޔޫތު ސެންޓަރަކާއި، އައުޓްޑޯ ޖިމެއް ހަދައި ދިނުން، 

3. ފުލުހުންގެ މަރުކަޒެއް ގާއިމުކޮށްދިނުން.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް