ads
އިމްރާން އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ---ފޮޓޯ:އެމްޑީޕީ
ޖަލުގައި ހުންނަވައިގެން ވެސް ޔާމީން ބައްލަވަނީ ލަޑެއްދެވޭތޯ: އިމްރާން
ވެރިކަމުގައި ހުންނަވައިގެން ވެސް ޖަލުގައި ހުންނަވައިގެން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައްލަވަނީ ލަޑެއްދެވޭތޯ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ. 

އެޓްވީޓްގައި ވިދާޅުވެފައިވަނީ ޑރ ވަހީދު މަގުމަތި ކޮށްފި ކަމަށާއި، އަދި ޑރ. ޖަމީލު ވެސް އެހެން ކަމަށެވެ. ޑރ. މުއިއްޒު ޕާޓީީީއިން ބޭރުކޮށްލެއްވީ ވެސް ލަނޑެއް ދިނުމުގެ ބޭނުމުގައި ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ. 

އިމްރާން މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ޙާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވަނީ އެޕާޓީން ވަކިވެ ވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ޑރ. ވަހީދު ވިދާޅުވީ، 10 އަހަރު ކުރިން ޕީޕީއެމް އާއި އެބޭފުޅާ ގުޅުނީ އެމަނިކުފާނުގެ ސަރުކާރުގައި ގާއިމުކުރި ހަމަޖެހުމާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ. 

އިތުބާރުހިފޭ މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ބައެއް ނޫސްތަކުން ބުނެފައިވަނީ ޑރ. ވަހީދު އަތުން 1 މިލިޔަން ޑޮލަރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ކަމަށް ބުނެ އަތުލާފައިވާ ކަމަށެވެ. ވަހީދު ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ކެނޑިޑޭޓުން ކުށުގެ ރިކޯޑް ސާފްކުރަމުން ދިޔަ ދަނޑިވަޅު ކުށުގެ ރިކޯޑްވެސް ސާފް ކޮށްފައެވެ.

ނަމަވެސް މި ކަމާއި ގުޅިގެން ޕީޕީއެމުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ޔާމީންގެ މައްޗަށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދޭން ވެސް ވަނީ އެދިފައެވެ. ނަމަވެސް ފަސްކުރަން އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުންވެސް މިއަދު ވަނީ ނިންމައިފިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް