ads
އެމްބާޕޭ
ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރިކުރަން ފަށައިފި
ޓީމުން އެކަހެރިކޮށްފައި ބެހެއްޓުމަށްފަހު ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރިކުރަން ފަށައިފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު އެމްބާޕޭ ވަނީ މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިކޮށްފައެވެ. މިފަހަރު ޕީއެސްޖީން ކުރި ޕްރީ ސީޒަން ދަތުރުގައިވެސް އެމްބާޕޭ ބައިވެރި ނުކުރެއެވެ. މީގެ އިތުރުން ލީގުގެ ފުރަތަމަ މެޗުގައި ލޮރިއެންޓާއި ދެކޮޅަށް ޕީއެސްޖީން ނުކުތީވެސް އެމްބާޕޭއާ ނުލައެވެ. 

your imageލީގުގެ ފުރަތަމަ މެޗުގައި އެމްބާޕޭއަށް ފުރުސަތު ނުދޭ

ޕީއެސްޖީން މިގޮތަށް ކަންތައްކުރީ އެމްބާޕޭ އޭނާގެ އެއްބަސްވުން އާނުކޮށް، މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން މަސައްކަތް ކުރުމުންނެވެ. ޕީއެސްޖީން ބުނީ ކްލަބަށް ބާލީ ފައިދާއެއް ނުވާނެ ގޮތަށް ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ދޫނުކުރާނެ ކަމަށެވެ. 

ނަމަވެސް މިއަދުގެ ފަރިތަކުރުމުގައި އެމްބާޕޭ ބައިވެރި ކުރުމަށްފަހު ޕީއެސްޖީން ބުނީ އޭނާ ބައިވެރިކުރީ ދެފަރާތުން، ބިނާ ކުރުވަނިވި ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ. 

މިއާއެކުބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އެމްބާޕޭ އިތުރު އެއް ސީޒަނަށް ޕީއެސްޖީއާއެކު އެއްބަސްވުން ހަދާނެއެވެ. އެހެންކަމަށްވާނަމަ އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ. އޭރުން މި ސީޒަނަށްފަހުއޭނާ ރެއާލްއަށް ވިއްކާލުމުގެ ފުރުސަތު ރެއާލްއަށް އޮންނާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް