ads
ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން
ދައުރު ނިމުމުގެ ކުރިން 19،000 މީހުންނަށް ގޯތި ހަވާލުކުރާނަން: އަކްރަމް
ދައުރު ނިމުމުގެ ކުރިން، 19،000 މީހުންނަށްނަށް ގޯތި ދިނުމަށް ބޭނުންވާ ބިން ހިއްކައި، އިންކަނޑައި ވަކިކޮށް ހަވާލުކުރެވޭނެކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ކަރަމް މިއަދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި އޮތް ޕްރެސް ކޮންފަރެންސް އެއްގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. 

އަކްރަމް ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކަށް ދައުރު ނިމުމުގެ ކުރިން އިންވަކިކޮށް ރެޖިސްޓްރީ ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ. އެހެން ކަމުން މިއީ ރިޔާސީ އިންތިހާބުގެ ކުރިން ނިންމާކަމެއް ނޫންކަމަށާއި، މިކަން ނިންމާނީ ދައުރު ނިމުމުގެ ކުރިންކަމަށެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު 11 ވަނަ ދުވަހަށެވެ. 

އަކްރަމް ވިދާޅުވީ ގޯތި ދޫކުރާ ފަރާތްތަކަށް ހަވާލުކުރާނީ ދާއިމީ ރެޖިސްޓްރީއެއް ކަމަށެވެ. 

މީގެ އިތުރުން ފިނޭސް މިިނިސްޓްރީއާއި ގުޅިގެން ގޯތިތަކުުގައި އިމާރާތް އެޅުމަށް ބޭނުންވާ ސްކީމްތައް ވެސް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އަކްރަމް މިރޭ ވިދާޅުވިއެވެ. 

43%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް