ads
އިބުރާ- ފޮޓޯ: ސީއެންއެމް
ބޮޑެތި ކަންބޮޑުވުންތަކާއި އެކު އިބްރާ އެމްޑީޕީން ވަކިވެއްޖެ
އެމްޑީޕީން މިހާރު ގެންގުޅެމުންދާ އުސޫލުތަކާއި ހަމަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ އެއް ބާނީ ކަމަށްވާ އިބްރާހީމް އިސްމައިލް (އިބްރާ) އެމްޑީޕީން ވަކިވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެމްޑީޕީ އާއި 2018 ވަނަ އަހަރު ވެރިކަން ހަވާލުކޮށް އަދި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭވަރަށް ގޮނޑިތައް ރައްޔިތުން ދިނީ އަދުލްއިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭނެ ސަރުކާރެއް ގާއިމުކުރުމަށް ކަމަށެވެ.

ނަމަވެސް ފާއިތުވެގެން މިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ އެކަންކަން އިހުނަށްވުރެ ގޯސްވެގެން ދިޔަތަން ކަމަށް އިބުރާ ވިދާޅުވިއެވެ.

 

"މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފި.މިއަދު ހައިކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ސެކްޝަންގެ ބެލުމުގެ ދަށުންނެވެ. ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ރައްޔިތުންގެ ހައްގުތައް ހިފަހައްޓަމުން ދާއިރު އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަނައިބު،"

ޝަރުއީ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުންކުރުމުގެ އަމަލުތައް ހިންގަމުން ގެންދަނީ ދައުލަތުގެ ވަކީލުންކަމަށް ވެސް އިބްރާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އިބުރާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު މިއަދު ހިނގަމުން ދަނީ އެގޮތްކަކާއި އެބޭފުޅުން ދެކޮޅު ހަދައި ޖިސްމު ގުރުބާންކުރާން ނުކުތް ގޮތްތައްކަމަށެވެ.

"އެމްޑީޕީގެ ސަރުކާރު މިއަދު ހިންގަނީ ދައުލަތުގެ މުދަލާއި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދެމެހެއްޓުމަށް ހޭދަކުރާން ހުރި އެއްޗެހިކަމުގައި ދެކިގެން ހުށާމަދު ކުރާ މުނާފިގުންނަށް ކަންކަން ފަހިކުރުމާއި ހެޔޮނިޔަތުގައި ކަމެއް ރަނގަޅުކުރާން ބަސް ބުނާ މީހުންގެ މައްޗަށް އަނިޔާވެރިވެގެން،"

އިބުރާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި އޭނާ ބައިވެރިވީ އަމިއްލަ ޒާތީ ކަންތައްތަކެއް ފުއްދަން ނޫންކަމަށެވެ. 

އޭނާ ޕާޓީއެއްގައި ބައިވެރިވީ ހަމަތަކަކާއި އުސޫލުތަކެއް ގައުމުގައި ހިންގުމަށް ބަސްބުނެ މަގުފަހި ކުރުމަށް ކަމުގައި އިބުރާ ވިދާޅުވިއެވެ.

އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޒަމީރަށް އުނދަގޫވާ ކަމެއް ކަމަށާއި މިއަދު އެމްޑީޕީން ކަންކުރަމުން ގެންދާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށް އިބުރާ ވިދާޅުވިއެވެ.

82%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް