ads
އިބްރާހިމް އިސްމާއީލް ސީއެންއެމް އަށް އިންޓަރވިއު ދެއްވަނީ: ފޮޓޯ ރިލްވާން
ޖެހިޖެހިގެން ދެފަހަރު ވެރިކަން ނުކުރެވޭ އިސްލާހު ގެންނަންޖެހޭ: އިބްރާ
ގާނޫނު އަސާސީ އަށް ބަދަލުގެނެސް ދެވަނަ ދައުރަކަށް ރައީސުލް ޖުމްހޫރިއްކަން ނުކުރެވޭ އިސްލާހު ގެންނަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ އެއް ބާނީ ކަމަށްވާ އިބްރާހީމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އަށް މިއަދު ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަރވިއުގައި ވާހަކަފުޅު ދައްކަވަމުން އިބްރާ ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް މިއަދު އެބަހުރި ކަމަށެވެ. 

އިބްރާ ވިދާޅުވީ ކޮންމެ މީހަކަށްވެސް ވެރިކަން ކުރުމުގައި ދެވަނަ ދައުރަކަށް ވެރިކަން ކުރުމަށް އޮތް ފުރުސަތު ގާނޫނު އަސާސީން ބަދަލުގެނެސް އެފުރުސަތު ނޯންނަ ގޮތް މިއަދު ހައްދަވަންޖެހޭ ކަމަށާއި، އެކަމުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. 

ގާނޫނު އަސާސީ އަށް ބޮޑެތި ބަދަލުތައް ގެނެސް ގާނޫނު އެކުލަވާލުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތަކެއް ކުރައްވާފައިވާ އިބްރާ ވިދާޅުވީ ކޮންމެ ފަރާތަކުންވެސް ވެރިކަން ލިބިވަޑަތުމަށްފަހު ބަލަނީ ދެވަނަ ދައުރަކަށް ވެރިކަން ކުރަން ކެމްޕޭނު ހިންގުން ކަމަށާއި، އެފަދަ ބަދަލެއް ގާނޫނަށް ގެނައުމުން މިކަންކަމަށް ހައްލު ލިބި ވެރިއަކަށް ހުންނަ ފަރާތަކުން ރައްޔިތުންނާއި، ގާތުން ވެރިކަން ކުރަން ފުރުސަތު ވަރަށް ބޮޑުވެގެންދާނެ ކަމަށެވެ. 

"ކޮންމެ މީހަކަށް ދެދައުރަށްވުރެ ގިނައިން ނުކުރެވޭނެ އޭ. އެ މާއްދާއަށް ބަދަލު ގެންނަންވީ. އެ މާއްދާ ބަދަލު ކުރަންވީ އެއްވެސް މީހަކަށް އެއްދައުރަށްވުރެ ގިނައިން ޖެހިޖެހިގެން ވެރިކަން ނުކުރެވޭ އިސްހަކަށް. އެބަދަލު ގެންނަ ހިސާބުން މުޅި މި ގައުމު ބަދަލުވާނެ. މުޅި ގައުމު އިސްލާހު ވާނެ." އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ މީޑިއާގެ ޒަރިއްޔާއިންނާއި، ސިޔާސީ އެކިއެކި ޕްރޮޕެގެންޑާ ފަތުރުއްވައިގެން މިއަދު އަޑުފެތުރިފައި ވަނީ ގައުމު ތަރައްގީކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އަކަށް ހުންނަވާ ބޭފުޅަކު ގައުމުގެ ރައްޔިތުންނަށް ކޮންދެއްވަންޖެހޭ ކަންތައްތަކަކީ ކޮންމެހެން ލާޒިމް ކަންތައްތަކެއް ކަމަށާއި، އެއީ ވެރިކަން ހޯދުމަށް ކުރައްވާ ކެމްޕޭނަކަށް ނުހެއްދެވުން އެދިވަޑައިގަންނަވާ ކަމަށެވެ.\

"މީޑިޔާ ތެރެއިންނާއި، ސިޔާސީ އެކިއެކި ޕްރޮޕެގެންޑާގެ ތެރެއިން މި ބަލަނީ ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާ އަކީ ގައުމު ތަރައްގީކުރުން ކަމަށް. ނޫނީ ސަރުކާރުން ކުރަންޖެހޭ ކަމަކީ. އެއްގޮތަކަށްވެސް އެއްވެސް މީހަކު ނުދައްކާނެ ގާނޫނުގަ އޮތް އެއްޗެއްގެ ވާހަކަ އެއް." އިބްރާ ވިދާޅުވި އެވެ.

މަގާމަށް ހޮވުމަށްފަހު ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ގައުމަށް ހިދުމަތް ކުރަން ނޫން ކަމަށާއި، ކޮންމެ މީހަކުވެސް މަސައްކަތް ކުރައްވަނީ ދެން އޮންނަ ދައުރަކަށް ވެރިކަން ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ނުފޫޒު ފަތުރައި ވަޒީފާގެ މަޅީގައި އެކި ފަރާތްތައް ޖައްސައި ކޮންޓެކްތައްދީގެން ވެރިކަމަށް އަލުން ވާސިލް ވުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ. 

އިބްރާ ވިދާޅުވީ ދެވަނަ ދައުރެއް ނޯންނާނެ ކަން ގާނުނު އަސާސީން ކަށަވަރު ކޮށްދިނުމުން އެފަދަ ސަކަރާތް ޖެހުން ހުއްޓިގެންދާނެ ކަމަށް ލަފާކުރެވޭނެ ކަމަށާއި، ގައުމަށްވެސް އެކަމުން ހޮޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ކަންވެސް ކުރައްވާފައިވާ އިބްރާ ވިދާޅުވީ މި ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ވަރަށް ކިޔަމަންތެރި ސަރުކާރަށް އެހާ ތާއީދު ކުރާ ވަރަށް ޓްރަސްޓުކުރާ ރައްޔިތުންތަކެއް ކަމަށެވެ. އެހެން ކަމުން ކޮންމެ ފަރާތަކުންވެސް ހެޔޮ ވެރިކަމެއް މި ގައުމުގައި ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އިބްރާ މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މިވަގުތު ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަކީ އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮށްކޮ ފައްޔާޒް އިސްމާއީލް އެވެ.

އެމްޑީޕީން ވަކިވުމުގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އަމިއްލަ ނަފްސު ގަބޫލު ނުކުރާ އުސޫލުތަކެއް ހިންގާ ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަކީ ޒަމީރަށް އުނދަގޫވާ ކަމެއް ކަމަށާއި މިއަދު އެމްޑީޕީން ކަންކުރަމުން ގެންދާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށް އިބުރާ ވިދާޅުވިއެވެ.

އަމިއްލަ ނަފްސު ގަބޫލުނުކުރާ އުސޫލުތަކެއް ހިންގާ، ބަސްނުވިކޭ، އަގުވަޒަން ނުކުރާ ތަނެއްގައި، އަނިޔާވެރިކަމަށް ނަސްރު ދޭން ހުރުމަކީ އަޅުގަނޑުގެ ޒަމީރަށް އުނދަގޫ ކަމެކެވެ،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ފޮނުއްވާފައިވާ ތިން ސޮފްހާގެ އެ ސިޓީ އޭނާ ވަނީ މިއަދު ޓްވިޓާގައި އާންމުކުރެއްވި ސިޓީގައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް