އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނ. އަތޮޅުގެ ރަށްތަކަށް ހޮނިހިރު ދުވަހު ފެށި ކެމްޕެއިން ދަތުރުގައި މިއަދު ނ. ލަންދޫއަށް ވަޑަައިގެން ގުޅިފައިވާ ޕާޓީތަކަށް ތާއިދުކުރާ ފަރާތްތަކާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރޭގައި ހާމަކުރި އާ ޒުވާނުންގެ ޖީލު ސިޔާސަތުގައި އަށް ކަމަކަށް ސަމާލުކަން ދީފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމްޕަވާޑް ޒުވާނުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާއިރު، ޒުވާނުންނަށާއި ކުޅިވަރަށް މިހާރު ދެވިފައި އޮތް ފޯކަސް އެހާ ރަނގަޅު ނޫން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ ކުރިއަށް ނެރުމަށްޓަކައި ޔޫތް ކޯ އެއް ގާއިމުކޮށް ޔޫތް ލީޑަރުން އުފެއްދުމަށް މަސައްކަތް ކުރާނެ ކަމުގައެވެ.
މަދަނީ ޖަމިއްޔާތަކަކީ މިހާރު ސަރުކާރު ހިންގުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި މިހާރަށްވުރެ ބޮޑަށް އެ ޖަމިއްޔާތައް ބާރުވެރިކުރުވާ، ވަސީލަތްތައް ހޯދައިދީ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.