ads
ގައުމީ ދާރުލްއާސާރު
ދާރުލް އާސާރު ހުޅުވުން އަނެއްކާވެސް ފަސްކޮށްފި
ގައުމީ ދާރުލް އާސާރު ހުޅުވަން ދީފައިވާ މުއްދަތު އަނެއްކާ ވެސް ފަސް ކޮށްފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދާރުލް އާސާރު ހުޅުވަން ދީފައިވާ މުއްދަތު މިހާރުވަނީ ފަސްކުރެވިފައި ކަމަށެވެ. ނަމަވެސް މާދަމާ ދާރުލްއާސާރު ހުޅުވާނެ ކަމަށް ބުނެފައިވެއެވެ. 

ޖުލައި މަހުގައި ވެސް ދާރުލްއާސާރުގެ މަރާމާތުކުރުމުގެ މަސައްކަތަކަށް ލަސްކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އޭރު ބުނެފައިވަނީ އެތަން ބަންދު ކޮށްފައިވަނީ ދިގު މުއްދަތަކަށްކަމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި އޭރު ބުނެފައިވަނީ މަރާމާތަށް ފަހު ދާރުލްއާސާރު ހުޅުވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. 

ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ދާރުލް އާސާރު މަރާމާތު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. ނަަމަވެސް މުޅި މަރާމާތައް 2.1 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އެ މަޝްރޫއުގެ ދަށުން ދާރުލްއާސާރުގައި އަލަށް މަލްޓިމީޑިއާ ރޫމްއެއް ގާއިމުކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް