ހޯޑެއްދޫ އެމްޑީޕީ ޖަގަހައަށް ބަޔަކު ކަޅިތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގަ އެވެ
މީއީ މިފަދަ ކަމެއް އެމްޑީޕީގެ ޖަގަހައަކަށް، އަމާޒުކޮށް މި މަހުގެ ތެރޭގައި ދިން ދެ ވަނަ ފަހަރެވެ.
ހޯޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލާގެ އިތުރު އެއްވެސް މައުލޫމާތެއް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ނުދެ އެވެ.
ގދ. މަޑަވެއްޔަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ސްޓޭޖުގައި ވެސް ބަޔަކު ވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅު ޖަހާ އަންދާލާފައެވެ.
ސިޔާސީ ގޮތުން އެއް ބަޔަކު އަނެއްބަޔަކަށް ޖެއްސުން ކުރުމަށް ކަޅުތެޔޮ ޖެހުމަކީ ރާއްޖޭގައި ކޮށްއުޅޭކަމެކެވެ.
ދަ ޑިމޮކްރެޓްގެ މާލޭގައި ހުންނަ ހަރުގެއަށް ވެސް އެ ޕާޓީ ރެޖިސްޓްރީ ކުރަން އުޅުނު ދުވަސްވަރު ވަނީ ކަޅުތެޔޮ ޖަހާފައެވެ.